
އުރީދޫން މިއަދު ބުނީ، އުރީދޫ މޯލްޑިވްސްގެ 19ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެގޮތުން މިއަހަރުގެ މަސްރޭސް އޯގަސްޓް މަހު ބޭއްވުމަށް ހަމަ ޖެހިފައިވާ މި މުބާރާތް ވެގެން ދާނީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ކުލަ ގަދަ މަސްވެރިކަމުގެ މުބާރަތަށް ކަމަށެވެ.
އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ މަސްރޭސް ކ. ހިންމަފުށި، ޅ. ނައިފަރު އަދި ގދ. ތިނަދޫ ސިޓީގައި ކުރިއަށް ގެންދަން ނިންމާފައި ވެއެވެ. އެގޮތުން:
• ހިންމަފުށި: 9 އޮގަސްޓް 2024
• ތިނަދޫ ސިޓީ: 16 އޮގަސްޓް 2024
• ނައިފަރު: 23 އޮގަސްޓް 2024
އުރީދޫ މަސްރޭހުގެ ގްރޭންޑް ފައިނަލް - ފައިލް ފޮޓޯ: އުރީދޫ
ކ. ހިންމަފުށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުރީދޫން ވަނީ މިނިސްޓްރީ އޮފް ފިޝަރީޒް އެން އޯޝަން ރިސޯސަސް އާއި ގުޅިގެން އުރީދޫ މަސްރޭސް އިއުލާނުކޮށް އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ޝައުގުވެރިވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.
އެއްވަނައަށް ދާ ޓީމަކަށް 25000 ރުފިޔާ، ދެވަނައަށް ދާ ޓީމަކަށް 10000 ރުފިޔާ، އަދި ތިން ވަނައަށް ދާ ޓީމަކަށް 5000 ރުފިޔާ ހުށަހަޅާފާވާއިރު އެންމެ މޮޅު ފިރިހެން މަސްވެރިޔާ އާއި އެންމެ މޮޅު އަންހެން މަސްވެރިޔާއަށް 1000 ރުފިޔާ ދިނުމަށް މި އަހަރު ވެސް ވަނީ ހަމަޖެހިފަ އެވެ.
އުރީދޫ މަސް ރޭހަކީ މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމުގެ ރޫހު އާލާކުރުވާ އަދި މުޖުތަމައުތަކުގެ ހިތްތަކުން ޖާގަ ހޯދާފައިވާ ހަރަކާތެކެވެ.