ads
އެމްޓީސީގެ އަހަރީ އާއްމު ޖަލްސާގެ ތެރެއިން
އެމްޓީސީސީންް ބޯޓު ބަންނަން ފަށަނީ
ބޯޓު ފަހަރު ބަނުމުގެ ހިދުމަތް ދޭން ތައްޔާރުވަމުން އަންނަކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
Advertisement

އެމްޓީސީސީން ފަރާތުން މިކަން ހާމަކުރީ ރޭ ބޭއްވި އާއްމު ޖަލްސާގައި ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔާދު އެވެ.

ހިއްސާދާރުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން އަބްދުﷲ ޒިޔާދު އެމްޓީސީސީގެ ކުރީގެ މެނޭޖްމަންޓުން ކުންފުނީގެ އެކި މަސައްކަތްތައް ފުޅާކުރަން ވިސްނާފައިވާކަމަށާއި އެ ވިސްނުމާއި އެއްގޮތަށް މިހާރުވެސް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން ބޯޓް ފަހަރު ބެނުމުގެ ހިދުމަތް ފަށަން އެ ކުފުންފިނިން ތައްޔާރުވަމުން އަންނަކަމަށާއި އަންނަ އަހަރު އެ ކުފުންފުނިން އެ މަސައްކަތް ކުރާނެކަމަށެވެ.

" އުއްމީދުކުރަނީ ދެން އަންނަ އޭޖީއެމްއެއް އަންނަންވާއިރަށް ބޯޓު ފަހަރު ބަންނަ ކުންފުންޏަކަށްވާނެ ކަމަށް،" ޒިޔާދު ވިދާޅުވިއެވެ.

އެމްޓީސީސީންް ބޯޓް ބަނުމުގެ ހިދުމަތް ފަށަން ތައްޔާރުވަމުން އަންނައިރު  ރާއްޖޭގައި ޑޮކިން ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު އެއް ބޯޓްޔާޑް އޮތީ އެމްޓީސީސީގައެވެ. ތިލަފުށީގައި އޮންނަ މި ބޯޓް ޔާޑުން އެއް ފަހަރާ ތަފާތު ސައިޒްގެ 20 އުޅަނދު ޑޮކްކުރުމުގެ ޖާގަ ލިބެެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް