ads
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިހްގެ މަންމާފުޅު މުއުމިނާ ހުސައިން ފުޅު
ކުރީގެ ރައީސް ސާލިޙްގެ މަންމާފުޅު އަވަހާރަވެއްޖެ
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިހްގެ މަންމާފުޅު މުއުމިނާ ހުސައިން ފުޅު އަވަހާރަވެއްޖެ އެވެ.
Advertisement

އަވަހާރަވީ އިރު އުމުރުފުޅަކީ 80 އަހަރެވެ. 

އެނގިފައިވާ މުއުމިނާ އަވަހާރަވީ އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، މިއަދުގެ ވަގުތެއްގަ އެވެ. 

ރައީސް ސާލިހްގެ އިތުރުން ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒަކީ ވެސް މޫމިނާގެ ދަރިކަލެކެވެ. މީގެއިތުރުން މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އާމިނަތު ސާލިހްއި ކުރީގެ ބައެއް ރައީސުންގެ ޕާސަނަލް ސެކްރެޓްރީކަން ކުރެއްވި ފާތިމަތު ސާލިހަކީ ވެސް މޫމިނާގެ ދަރިކަނބަލުންނެވެ.

ރައީސް ސާލިހްގެ މަންމާފުޅު އަވަހާރަވުމުގެ ފުން ހިތާމައިގައި އެމްޑީޕީއިން ވަނީ އެ ޕާޓީގެ އެންމެހައި މެމްބަރުންގެ ފަރާތުން ރައީސް ސާލިހަށާއި ރައީސް ސާލިހުގެ އާއިލާއަށް ތައުޒިޔާ ފޮނުވައިފަ އެވެ. އަދި މަރުހޫމާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކޮށްދެއްވައި އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް