ads
ރައީސް ދެއްވާ ހާއްސަ ސްކޮލާޝިޕް ލިބުނު ދަރިވަރަކަށް އެކަމުގެ ލިޔުން ހަވާލުކުރަނީ
ރައީސްގެ ހާއްސަ ސްކޮލާޝިފް 19 ދަރިވަރަކަށް
މިދިޔަ އަހަރުގެ އޭ އެލެވެލް އިމްތިހާނުން އެއްވަނަ ދަރަޖައިގައި ފާސްވި ދަރިވަރުންނަށް ރައީސް ދެއްވާ ހާއްސަ ސްކޮލާޝިޕް 19 ދަރިވަރަކަށް ލިބިއްޖެއެވެ.

ރައީސްގެ ސްކޮލާޝިޕް ލިބުނު ދަރިވަރުންނަށްް އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ހައި އެޗީވާސްއަށް އެވޯދް ދިނުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

އޭލެވެލް އިމްތިހާނުގައި ރައީސްގެ ސްކޮލާޝިޕް ލިބުނީ މާލޭގެ ސްކޫލުތަކުގެ 19 ދަރިވަރަކަށެވެ. އެއީ ސެންޓަ ފޯ ހަޔާ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ގެ ހަ ދަރިވަރަކާއި ވިލާ ހައި އިންޓަނޭޝަނަލް ސްކޫލުގެ ހަ ދަރިވަރަކާއި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ހަތަރު ދަރިވަރެއްގެ އިތުރުން އަރަބިއްޔާ ސްކޫލުގެ ތިން ދަރިވަރަކަށެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލާޝިޕަކީ، ރާއްޖޭގެ ސްކޫލުތަކުން މަތީސާނަވީ އިމްތިހާނުތަކުގައި ބައިވެރިވާ ދިވެހި ދަރިވަރުންގެ ތެރެއިން އެ އިމްތިހާނުތަކުގެ އިސްލާމް އަދި ދިވެހި ހިމެނޭގޮތަށް، 5 މާއްދާއަކުން "އޭ ސްޓާރ" ހޯދާ ދަރިވަރުންނަށް ދޭ ސްކޮލާޝިޕެކެވެ.

your imageރައީސް ދެއްވާ ހާއްސަ ސްކޮލާޝިޕް ލިބުނު ދަރިވަރަކަށް އެކަމުގެ ލިޔުން ހަވާލުކުރަނީ 

ހައި އެޗީވާރސް ސްކޮލާޝިޕްގެ ފުރުސަތު 117 ދަރިވަރުންނަށް ލިބިފައިވެއެވެ.  ހައިއެޗީވާސް ސްކޮލާޝިޕް ލިބެނީ އޭލެވެލް އިމްތިހާންތަކުގެ އިސްލާމް އަދި ދިވެހި ހިމަނައިގެން 5 މާއްދާއަކުން "އޭ" ގްރޭޑް ނުވަތަ އެއަށްވުރެން މަތީ ގްރޭޑެއް ކާމިޔާބުކުރާ ދަރިވަރުންނަށެވެ. 

your imageހައި އެޗީވާސް ސްކޮލަޝިޕް ލިބުނު ދަރިވަރުންނަށް ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ ލިޔުން ހަވާލުކޮށްދެއްވަނީ .

ހައި އެޗީވާސް ސްކޮލަޝިޕް ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މާރިޔާވަނީ ސްކޫލު މަރުުހަލާގައި ދަރިވަރުން ހޯދި ފަދަ ރަން ވަނަތައް މަތީ ތައުލީމީ ހަޔާތުގައި ވެސް ހޯދުމަށް އިލްތިމާސްކޮށްފައެވެ. އަދި ކިޔަވާ ނިންމައިގެން އައިސް ދިވެހި  ގައުމަށް ހިދުމަތް ކޮށްދިނުމަށް ދަރިވަރުންނަށް ގޮވާލާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް