ads
އައްޑޫ ޕޮލިސް އެކަޑަމީ
ކާނާވިހަވުން: އައިސީޔޫގައި ފަރުވާދެމުންދިޔަ ދަރިވަރަކު ވޯޑަށް ބަދަލުކޮށްފި
އައްޑޫ ޕޮލިސް ކޮލެޖުގައި ކިޔަވަމުންދިޔަ ދަރިވަރުންގެ ތެރެއިން ކާނާ ވިހަވެހެގެން އައިސީޔޫގައި ފަރުވާދެމުންދިޔަ އެއް ދަރިވަރަކު ވޯޑަށް ބަދަލުކޮށްފި އެވެ.

މިކަން ހާމަކޮށްފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދެންމެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައެވެ.

''އައިސީޔޫގައި ފަރުވާދެމުންދިޔަ ދެ ދަރިވަރުންގެ ތެރެއިން އެއް ދަރިވަރު މިހާރު ވަނީ ވޯޑަށް ބަދަލުކޮށްފައި'' ދެ ދަރިވަރުންގެ ހާލު ވެސް ރަނގަޅުވަމުން އަންނަކަން ފާހަގަކޮށް މެސެޖުގައި ބުނެފައިވެއެވެ.

ކާނާ ވިހަވުމުގެ ސަވަބުން 32 އެޑްމިޓްކުރިއެވެ. އޭގެތެރެއިން ގިނަ އަދަދެއްގެ ފުލުހުހުން އިއްޔެ ވަނީ ދޫކޮށްލައިފަ އެވެ.

މިކަމާ ގުޅިގެން އިތުރު މައުލޫމާތު ހޯދައިލުމަށް ''ސީއެންއެމް'' އިން ގުޅައިލުމުން އައްޑޫ ޕޮލިސް އެކެޑަމީން ރޭގެ ވަގުތެއްގައި މައުލޫމާތު ދެއްވި ގޮތުން މިހާރު ފަރުވާދެމުންދަނީ ޖުމްލަ ތިން ފުލުހަކަށެވެ. އޭގެތެރެއިން ދެ މީހުންނަކީ ކުރިން އެޑްމިޓް ކުރެވުނު ދެ ފުހުހުން ކަމަށާއި ތިންވަނަ ފުލުސް މީހާއަކީ ކުރިން އެޑްމިޓް ކުރުމަށްފަހު ހާލު ދެެރަވުމުން ފަހުން އެޑްމިޓް ކުރެވުނު މީހެއް ކަމަށެވެ.

ކުރިން އެޑްމިޓް ކުރުމަށްފަހު ހާލު ދެެރަވުމުން ފަހުން އެޑްމިޓް ކުރެވުނު މީހާގެ ހާލު އަދި ސާފެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް