މަގޫދޫގެ އެއާޕޯޓުގެ މަސައްކަތްތައް އަލުން ފަށައިފި
އަހްމަދު ޝަބީން
19 ޖުލައި 2024 - 23:21:11
ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް މެދުކެނޑިފައި އޮތުމަށްފަހު ފ.މަގޫދޫގެ އެއާޕޯޓުގެ މަސައްކަތްތައް އަލުން ފަށައިފި އެވެ.
މި މަޝްރޫއުއަކީ ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުއެކެވެ.
''ސީއެންއެމް'' މައުލޫމާތު ލިބިފައިވާ ގޮތުން ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް މެދުކެނޑިފައި އޮތުމަށްފަހު މަގޫދޫގެ އެއާޕޯޓުގެ މަސައްކަތްތައް އަލުން މިހާރު ފަށައިގެން އެބަ ކުރިއަށްދެ އެވެ.
އެގޮތުން މިހާރު ކުރަމުންދަނީ ރަންވޭގެ ނުނިމި އޮތް ބައިގެ މަސައްކަތްކެވެ.
މަގޫދޫގެ އެއާޕޯޓުގެ މަސައްކަތްތައް މެދުކަނޑައިލީ މިދިޔަ މާޗު މަހުއެވެ.
1800 މީޓަރގެ ދިގު ރަންވޭއަކާއެކު ޕްރައިވެޓް ޖެޓްތައް ޖެއްސޭ ގޮތަށް ހަދާ މަގޫދޫ އެއާޕޯޓަކީ މިހާތަނަށް ހަދާ އެންމެ އަގުބޮޑު އެއް ޑޮމެސްޓިކް އެއާޕޯޓެވެ. އެގޮތުން މިކަމަށް 252 މިލިއަން ހޭދަވެގެންދާނެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް