ads
ހޯމް މިނިސްޓަރު އަލީ އިހުސާން
ގާނޫނު ތަންފީޒްކުރުމުގައި އެންމެ ބޮޑު ގޮންޖެހުމަކީ ކޮރަޕްޝަން : އިހުސާން
ގާނޫނު ތަންފީޒްކުރުމުގައި އެންމެ ބޮޑު ގޮންޖެހުމަކީ ކޮރަޕްޝަންކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
Advertisement

އިހުސާން މިހެން ވިދާޅުވީ ރޭ ބޭއްވި ނާރެސް ފޯޓަލްއާއި އާއި އޮޕަރޭޝަން ކުރަނގި ފޭސް 2 އިފްތިތާހުކުރުމަށް ބޭއްވި ރަސްމިޔާތުގަ އެވެ.

އިހުސާން ވިދާޅުވީ ރާއްޖޭގައި ގާނޫނު ތަންފީޒްކުރުމަށްޓަކައި އެންމެން ކުރާ މަސައްކަތުގައި އެންމެ ބޮޑު ގޮން ޖެހުމަކީ ކޮރަޕްޝަން ކަަމަށާއި ރާއްޖޭގެ ގިނަ މުއައްސަސާތައް ވެފައި އޮތީ ކޮރަޕްޝަންގެ ހާއްޔަކަށް ކަމަށެވެ.

"ހިތާމައަކީ އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައިވެސް ބައެއް މުއައްސަސާތަކުގައި ވެސް މިފަދަ ކަން ކަން އޮތްކަން، އެހެންނަަމަވެސް ރައީސްގެ ވަރަށް ކްލިއާ އިންސްޓްރަކްޝަނެއް ޒީރޯ ޓޮލެރެންސް ޕޮލިސީއެއް އޮތްކަމެއް މީ ހާއްސަކޮށް ޔުނިފޯމް އެޅި މުއައްސަސާތަކުގެ ތެރޭގައި މިފަދަަ އެއްވެސް ކަމެއްގެ ޒައްރެއްގެ މިންވަރުވެސް ބޭއްވުން" ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ރައްޔިތުންނަށް ގާތުން ހިދުމަތް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ އެއްވައުދުފުޅު ކަމަށާއި ސަރުކާރުން އެ މަސައްކަތް ކުރަނީ ހޯމް މިނިސްޓްރީގެ ފަރާތުން ދޭ ހުރިހާ ހިދުމަތަކީވެސް ރައްޔިތުންނާ ވަރަށް ގާތުން ލިބޭ އަދި ރައްޔިތުން އެދޭ ގޮތަށް ދެމުން ދާ ހިދުމަތްތަކެއް ހެދުން ކަމަށެވެ. 

"އަޅުގަނޑުމެން ގެ އަމާޒަކީ ރާއްޖޭގެ ރަށްރަށުގައި އަދި ސިޓީ ތަކުގައި އަމާންކަމާއެކު އުޅެވޭނެ މާހައުލެއް ވަރަށް އަވަހަށް ގާއިމްކުރުން، އަޅުގަނޑުމެން ދެކެން ބޭނުންވާ ދުވަހަކީ އިންޑިވިޑުއަލް ވަކި ފަރުދަކު އެއީ އަންހެން ކުއްޖަކަށްވިޔަށް، ފިރިހެން ކުއްޖަކަށް ވިޔަސް، އުމުރުން ދުވަސްވީ މީހަކަށްވިޔަސް އުމުރުން ހަގު ކުއްޖަކަށް ވިޔަސް، އެމީހާ ހުންނަ ގެއަކުން ވަކި ރަށެއް ވަކި ސިޓީއެއް އިސްތިސްނާނުކޮށް ބޭނުންވާތަަނަކަށް ބޭނުންވާއިރަކު އެކަނި މާއެކަނި ގޮސް އަނބުރާ އާދެވޭނެ މާހައުލެއް ރާއްޖޭގައި އުފެއްދުން، އެއީ އަޅުގަނޑުމެންގެ މިޝަން ހާސިލް ވާނެ ދުވަސްކަމަށް އަޅުގަނޑު ގަބޫލު ކުރަނީ" އިހުސާން ވިދާޅުވި އެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ 3 އަހަރުގެ ތެރޭގައި ހައްލުކުރައްވާނެކަމަށް އިހުސާން ވިދާޅުވެފައިވާއިރު ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ގައުމީ ހަރަކާތެެއްގައި ގޮތުގައި އޮޕަރޭޝަން "ކުރަނގި" މިނިސްޓްރީން ފެށީ މިދިޔަ މޭމަހުގެ 2 ވަނަދުވަހު ހިންމަފުށީގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް