ads
ކެލޮރީ މަދު ކާނާ ފޮޓޯ:ނިއުސް މެޑިކަލް.ނެޓް
ދުވާލަކު 300 ކެލޮރީ ފަސޭހަކަމާއެކު މަދު ކުރާނީ ކިހިނެތް؟
މަދު ކެލޮރީ ހުންނަ ކާނާ ކެއުމަކީ ހަމައެކަނި ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭ ކަމެއް ނޫނެވެ. އެއީ "ބަޔޮލޮޖިކަލީ" މީހާ ޒުވާން ކޮށް ދަމަހައްޓާ ކަަމެކެވެ. އަދި ދުވާލަކު 330 ކެލޮރީ ދަށްކުރަން ބޭނުންނަމަ ކޮންމެހެން ހަރުކަށި ޑައެޓެއް ގެންގުޅޭކަށް ނުޖެހެ އެވެ.
Advertisement

މަދުން ކެއުމަކީ ރަނގަޅު ކަމެއްކަން އަޅުގަނޑުމެން އެންމެންނަށްވެސް އެނގެ އެވެ. އެގޮތުން ދާދިފަހުން ކުރި ސައިންޓިފިކް ދިރާސާއަކުން ދައްކާ ގޮތުގައި ކެލޮރީ ކެއުން 25 އިންސައްތަ މަދުކުރުމަކީ ދިގު މުއްދަތަކަށް ދިރިހުރުމަށް އެހީތެރިވެދޭނެ ކަމެއްކަން ސައިންސްވެރިން ހާމަކުރެ އެވެ.

އާންމު އުސޫލުތަކުން އަންހެނަކަށް ބޭނުންވަނީ ދުވާލަކަށް 2000 ކެލޮރީ ހުންނަ ކާނާއެވެ. އޭގެ މާނަައަކީ އެ 2000 ކެލޮރީގެ ތެރެއިން ދުޅަހެޔޮ، އުމުރު ދިގު ސިއްހަތަކާ ހަަމައަށް ދާން ބޭނުންނަމަ އޭގެން 500 ކެލޮރީ މަދު ކުރަން ޖެހެ އެވެ. އަަދި ފިރިހެނަކަށް ބޭނުންވާ 2500 ކެލޮރީގެ ތެރެއިން އެކަމަށް އަމާޒުކުރުމަށް 625 ކެލޮރީ މަދު ކުރަން ޖެހެ އެވެ.

ޕެން ސްޓޭޓް ކޮލެޖް އޮފް ހެލްތު އެންޑް ހިއުމަން ޑިވެލޮޕްމަންޓްގެ ދިރާސާވެރިން ދައްކާފައިވާ ގޮތުގައި ކެލޮރީ ރެސްޓްރިކްޝަން އިން ފައިދާހުރި ގޮތެއްގައި އަހަރެމެންގެ ސެލްތައް "ޒުވާން" ވެ އެވެ. އެ ދިރާސާގައި 175 ބައިވެރިން 2 އަހަރު ވަންދެން ފޮލޯކޮށްގެން ކެލޮރީ 25 އިންސައްތަ މަދުކުރުމުން ޓެލޯމިއާ ދިގުވާތޯ ބެލި އެވެ. "ޓެލޯމިއާސް" އަކީ ކްރޮމޯސޯމްތަކުގެ ކޮޅުތަކުގައި ހުންނަ ރައްކާތެރި "ކެޕްސް" ތަކެއް ކަމަށާއި، އޭގެ ދިގުމިނުން ދައްކުވައިދެނީ ސެލްތައް މުސްކުޅިވަމުންދާ ރޭޓެވެ. އެގޮތުން ދިރާސާގެ ނަތީޖާއަަކަށް ވެގެން ދިޔައީ ކެލޮރީ ރެސްޓްރިކްޓެޑް ޑައިޓް ގެންގުޅޭ މީހުންގެ ތެރޭގައި ދެ އަހަރު ދުވަހުގެ ތެރޭގައި ޓެލޯމިއާ ދިގުވެ، ބަޔޮލޮޖިކަލީ ޒުވާންވުމެވެ.

ދުވާލަކު 300 ކެލޮރީ ފަސޭހަ ކަމާއެކު މަދުކުރާނެ ހާއްސަ 4 ގޮތެއް:

  • "ކެލޮރީ ސައިކްލިން" ގޮތް ބޭނުންކުރުން:

އެއީ ކެލޮރީ ޑެފިސިޓް ދަމަހައްޓައިގެން ކެލޮރީ ހުންނަ ކާނާ ކެއުން ހަފްތާއަކު މަދު ދުވަހަކު އިތުރު ކުރެވޭނެ ގޮތެކެވެ. ހަފްތާގެ ގިނަ ދުވަސްތަކުގައި ލޯ ކެލޮރީ ޑައިޓެއް ގެންގުޅޭނަމަ، ދެން އެއް ދުވަހު ކެލޮރީ އިތުރު ކުރާނަމަ، އެއީ ފައިދާހުރި ގޮތެއްގައި “ކެލޮރީ ސައިކަލް" ކުރުމެވެ. އޭގެ އަސްލަކީ މެދުނުކެނޑި މަދު ބާވަތެއް އެކުލެވޭ ޑައިޓެއްގެ ސަބަބުން އަހަރެމެންގެ ހަށިގަނޑު "އެޑެޕްޓް" ވާވަރަކަށް ރިޓާންސް މަދުވެދިއުމެވެ. ކެލޮރީ މަތި ދުވަސްދުވަހާއި ކެލަރީ މަދު ދުވަސްތަކާ ޑައެޓް އެއްކުރުމަކީ ހުރިހާ ގޮތަކުންވެސް އިންސާނާގެ މެޓަބޮލިޒަމް ވަރުގަދަކޮށް ބެހެއްޓުމަށް އެހީތެރިވެދޭނެ ކަމެކެވެ. "ކެލޮރީ ސައިކްލިން" އަށް ކަނޑައެޅިފައިވާ ވަކި އުސޫލެއް ނެތުމުން ތިމާއަށް ފައިދާހުރި ރޫޓިންއެއް ހޯދުމަށް އެދެވިގެންވެއެވެ. ބޭނުންނަމަ ހަފްތާއަކު ފަސް ދުވަހު ކެލޮރީ މަދުކޮށް ދެ ދުވަހަކު ކެލަރީ ގިނަ ކުރެވޭނެ އެވެ. 

  • ކެއުމުގެ ވަގުތުތަކުގައި ޕޯޝަން ކޮންޓްރޯލް ކުރުމަށް މަސައްކަތްކުރުން:

އާދާގެ މަތިން ގިނަ މިހުންނަކީ ގިނައިން ކެއުމަަށް ފަރިތަވެފައިވާ ބައެއް ނަމަވެސް ގިނަ މީހުންނަށް ބަނޑުހައި ހޫނުކަމުގެ މިންވަރަށް އެއްވެސް ތަފާތެއް ފާހަގަ ނުކުރެވި މަދުން ކެއުމަށް އާދަކުރެވިދާނެ އެވެ. އެއީ އަހަރެމެންގެ ބަނޑުގައި "އެޕެޓައިޓް ތަމަސްޓޭޓް" ހުރެ ވަކި މިންވަރަކަށް ކާނާ ލިބުމަށް ހޭނިގެންދާތީ، އެކަން ދެކޮޅު ހަދާނަމަ މަދު ކާނާއަކުން ހިތްހަމަޖެހޭނެ ކަމަށް ހީވެގެން ދިއުމެވެ. މިކަން ހާސިލް ކުރުމަށް އެންމެ ފަސޭހަ ގޮތަކީ އާންމުކޮށް ކެއުމަށް ލިބޭ ވަރަށް ވުރެ 20 ޕަސެންޓް މަދުކޮށްލުމެވެ.

މަޝްހޫރު ޑައިޓީޝަން ލޯރާ ކްލާކް ލަފާދެނީ ކުޑަ ތަށްޓެއް ބޭނުން ކުރުމަށެވެ. އެއީ ސިކުނޑިއަށް "އެކަށީގެންވާ" އެއްޗެއް އަލުން ކަނޑައެޅުމަށް އެހީތެރިވެދޭ ކަަމަކަށްވާތީ އެވެ. ކާއެއްޗެހި ނިންމުމަށްފަހު އަދިވެސް ބަނޑުހައިވެފައި ހުރިތޯ ނިންމުމުގެ ކުރިން 15 މިނެޓް މަޑުކޮށްލަންޖެހެ އެވެ. އެގޮތަށް ކަންކޮށްފިނަަމަ ބަނޑުހައިނުވެ ކެލޮރީ މަދުކުރުމުގެ އަމާޒު ފަސޭހައިން ހާސިލް ކުރެވޭނެ އެވެ.

your imageފޮޓޯ: އެވްރީޑޭ ހެލްތް.ކޮމް

  • މެދުކެނޑުމެއްނެތި ރޯދައަށް ހުރުން:

ކެލޮރީ ކުޑަކުރުމަށް ރޯދަ ހިފުމުގެ ބޭނުން ހިފޭނެ ތަފާތު ގޮތްތަކެއް އެބަހުއްޓެވެ. އެގޮތުން ހަވީރު 7 ޖަހާއިރު ކެއުން ހުއްޓާލުމަށްފަހު، ހެނދުނު 8 ޖަހަންދެން އަލުން ނުކައި، 13 ގަޑިއިރުގެ ރޯދައަށް ހުރުން އިހްތިޔާރު ކުރެވިދާނެ އެވެ. މިފަހުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި 12 ގަޑިއިރު ރޯދަ ހިފުމަށްފަހު ހަށިގަނޑު ގްލޫކޯޒް އިން ފެޓް މެޓަބޮލިޒަމް އަށް ބަދަލުވެ، ހަށިގަނޑަށް ޕްރޮޓީން އުފެއްދަން ފަސޭހަވެގެންދެ އެވެ.

  • ކެލޮރީ މަދު ކުރެވޭނެ އަމިއްލަ ގަވައިދުތަކެއް ހަދާ އެއާ އެއްގޮތަށް އަމަލުކުރުން:

މި ހުރިހާ އުސޫލުތަކެއް މާ ބުރަ ކަމަކަށް ހީވާނަމަ އޭގެ ބަދަލުގައި "ކެލޮރީ ޝޭވިން" ގަވައިދަށް އަމަލުކުރަން ހިނގާށެވެ. އަމިއްލައިން ބައެއް ގަވައިދުތައް ހަދާ އެއަށް އަމަލުކުރުމުން ދުވާލަކު ކެއުމުން 200 އާއި 300 އާއި ދެމެދުގެ އަދަދަކަށް ކެލޮރީ އެއްވެސް ބުރައަަކާ ނުލާ ކުޑަކުރެވިދާނެ އެވެ.

އާންމު ދިރިއުޅުމުގައި ބޮޑު ތަނުން ކެލަރީ މަދުކުރެވޭނެ ބައެއް ގޮތްތައް:

 1. ކެޗަޕް އަދި މެޔޮނައިޒް ފަދަ ސޯސްތައް މަދުކޮށްލުން މުހިއްމެވެ. މިއެއްޗެހީގެ އެންމެ މޭޒުމަތީ ސަމުސާއެއް ކެއުމުންވެސް 57 ކެލޮރީ އިތުރުކުރެ އެވެ. މޭޒުމަތީ ސަމްސާއަކު 10 ކެލޮރީ ހިމެނޭ ގްރީކް ޔޮގްހާޓް ބޭނުންކޮށްލުން އެއަށްވުރެ މާ ބުއްދިވެރި އެވެ.

your imageފޯބްސް.ކޮމް

 2. ކެލަރީ ގިނައިން ހުންނަ އެއްޗެހި، ދިޔާ ތަކެތި ނުވަތަ ބުއިމުގައި ބޭނުން ނުކުރުން، ސައި އަދި ކޮފީ ބޯއިރުވެސް ހަކުރު ނޭޅުން އާދަކުރަން ޖެހެ އެވެ. ހަކުރު ނުހިމެނޭ ހުދު ކޮފީއެއްގައި 25 ކެލޮރީ ހުންނައިރު ދެ ކިއުބް ހަކުރު ހިމެނޭ ލަޓޭ އެއްގައި 200 އަށް ވުރެ ގިނައިން ކެލަރީ ހުންނާނެ އެވެ.

 3. ޕޮޓޭޓޯ ފްރައިސްގެ 150 ގްރާމް ޕޯޝަނެއްގައި ހުންނަނީ 468 ކެލޮރީއެވެ. ޕޮޓޭޓޯ ފްރައިސްގެ ބަދަލުގައި މެދު ސައިޒުގެ ފިހުނު އަލުވި ބޭނުންކުރުން މާ ބުއްދިވެރިއެވެ. އާއްމުކޮށް އެ ސައިޒުގެ އަލުވީގައި ހުންނަނީ އެންމެ 140 ކެލަރީ އެވެ.

ކެއިން ބުއިމަށް ކުޑަ ކުޑަ ބަދަލެއްގެނެސްގެން ދިރިއުޅުމަށާއި ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެން ދެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް