ads
މޭކިން ސިޓީސް ރެސިލިއެންޓް 2030 ޕްރޮގްރާމް ފޮޓޯ : އެންޑީއެމްއޭ
ކާރިސާތަކުން އަރައިގަނެ، ރައްކާތެރިވެ ތިބުމަށް ހާއްސަ ވޯކްޝޮޕެއް ފަށައިފި
ޔުނައިޓެޑް ނޭޝަންސް އޮފީސް ފޯ ޑިޒާސްޓަރ ރިސްކް ރިޑަކްޝަން (ޔޫއެންޑިއާރުއާރު) ގެ މޭކިން ސިޓީސް ރެސިލިއެންޓް (އެމްސީއާރު) 2030 ޕްރޮގްރާމްގެ ދަށުން ކާރިސާތަކުން އަރައިގަނެ، ރައްކާތެރިވެ ތިބުމަށް ހާއްސަ ވޯކްޝޮޕެއް ފަށައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން ވަނީ ބުނީ ޔޫއެންޑިއާރްއާރް އާއި އެ އިދާރާގެ ބައިވެރިން އިސްކޮށް ހުންނަވައިގެން "މޭކިން ސިޓީސް ރެސިލިއެންޓް 2030" މެދުވެރިކޮށް މިއަދު އެ ކައުންސިލުން ބައިނަލްއަގްވާމީ މުހިއްމު ހަރަކާތެއްގައި މިއަދު ބައިވެރިވެފައިވާކަން ފާހަގަކޮށްފަ އެވެ.

މާލޭ ސިޓީ ކައުންސިލުން އެމްސީއާރު ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްސީއާރު 2030 ގެ ސެޓްފިކެޓް ވަނީ މޭޔަރު އާދަމް އާޒިމާ ހަވާލުކޮށްދެއްވާފަ އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ އެ ފަރާތުގެ މި އިސްނެގުމަކީ، ރައްކާތެރި އަދި ކާރިސާތަކުން އަރައިގަނެވޭނެ މުސްތަގްބަލަކަށް ދިއުމަށް އެ ފަރާތުން ދެކެމުންދާ ތަސައްވަރަށް މަސައްކަތްކުރުމަށް އެޅިގެން ދިޔަ މުހިއްމު ފިޔަވަޅެއްކަމަށެވެ.

އެމްސީއާރު 2030 އަކީ މޫސުމާއި ކާރިސާތަކުން ރައްކާތެރިވުމަށް ސިޓީ ކައުންސިލްތަކުން ކުރާ ދަތުރުގައި އެހީތެރިވުމަށް ދިގުމުއްތަކަށް ފަރުމާކޮށްފައިވާ 10 އަހަރުގެ ޕްރޮގްރާމެއްކަމަށް ސިޓީ ކައުންސިލް އިން ބުނެއެވެ. ޔޫއެންޑީއާރުއާރުގެ އިސްނެގުމުގެ ދަށުން ސިޓީ ކައުންސިލްއިން މިމަސައްކަތް ކުރިއަށްގެންދާނީ ނޭޝަނަލް ޑިސާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އެންޑީއެމްއޭ އާއި ގުޅިގެން ކަމަށް ސިޓީ ކައުންސިލު ބުނެ އެވެ.

މިއަދުގެ ރަސްމިޔާތުގައި އެންޑީއެމްއޭގެ ސީއީއޯ ހިސާން ހަސަން ވިދާޅުވީ "ރެސިލިއެންސް" އަކީ މަޑުމަޑުން ކުރާ ބުރ މަސައްކަތެއް ކަމަށެވެ. އަދި އެކަން ހާސިލް ކުރެވޭނީ އެންމެންގެވެސް އެއްބާރުލުން ލިބިގެންކަމަށް ހިސާން ފާހަގަކުރެ އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ މި ވޯކްޝޮޕްގެ އެހީގައި  މާލޭ ސިޓީގައި ކާރިސާތަކުގެ ނުރައްކާ ކުޑަކޮށް، ދިގުމުއްދަތެއްގައި އެކަން ކުރާނެ އުސޫލުތައް އުފެއްދިގެން ދާނެކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް