ads
ރައީސް ޑރ. މުއިއްޒު. ފޮޓޯ: ރައީސް އޮފީސް
ތިން ކައުންސިލަރުން ބޭތިއްބުން ؛ ކަތީބަކު ބެހެއްޓުމެކޭ އެއްގޮތް
"ނާރެސް ޕޯޓަލް" އަދި "އޮޕަރޭޝަންސް ކުރަނގި" ފޭސް 2 އިފުތިތާހުކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ދެތިން ސަތޭކަ މީހުންގެ އާބާދީގެ ރަށެއްގައި ވެސް، ފަސް ކައުންސިލަރުން އެބަ ތިބޭ ކަމަށާއި މިގޮތަށް އާބާދީ ކިތަންމެ ކުޑަ ރަށެއްގައިވިޔަސް ވަރަށްގިނަ އަދަދެއްގެ މީހުން އިންތިހާބުކޮށްގެން ވަރަށްގިނަ ހަރަދުތަކެއް، ކޮންމެ ދުވަހަކު، ކޮންމެ މަހަކު ކުރަންޖެހޭގޮތަށް މި ނިޒާމު ބައްޓަންވެފައި އޮތުމުން އެއިން ނުކުންނަންޖެހޭ ނަތީޖާ އެންމެ ރަނގަޅަކަށް ނުނުކުންނަ ކަމަށެވެ.
Advertisement

ރައީސްގެ ހިޔާލުފުޅަކީ ތިން ކައުންސިލުން އިންތިހާބުކުރާއިރު އެއް ކައުންސިލަރގެ މަގާމު އަންހެނުންނަށް ހާއްސަ ކުރުމަށާއި ޒުވާނުން ތަމްސީލު ކުރަން އެއް މަގާމު އަދި ދެން އިންތިހާބު ކުރާނީ ކައުންސިލުގެ ރައީސެވެ.

your imageޚަރަދު ކުޑަކުރަން އަންވާފައި ވަނިކޮށް ފަރެސްމާތޮޑާ ކައުންސިލުން ނައިބާ ބައްދަލުރުމަށް މާލެ އައުން. ފޮޓޯ: ރައީސް އޮފީސް

"އަޅުގަނޑު ހިތުން 3000 މީހުންނަށްވުރެ ގިނަ ނޫން އާބާދީ އޮންނަ ރަށްރަށުގައި، 3 ބޭފުޅަކު، 3 މީހަކު، އިންތިހާބު ކުރީމާ ފުދޭނެ. ކައުންސިލްގެ ރައީސަކާއި، އަދި އިތުރު 2 ބޭފުޅުން."

މީގެކުރިން 2014 ވަނަ އަހަރު އަދި 2017 ވަނަ އަހަރު ކައުންސިލުން އިންތިހާބު ކުރި އަދަދެވެ. އާބާދީއަށް ރިއާޔަތްކޮށް 5 ނުވަތަ 7 އަށް ބަދަލުކުރީ 2021 ގައެވެ.

މި ހިޔާލުފުޅުތައް ހުށަހެޅުއްވި ނަމަވެސް ފަހުގެ ނިންމުން ނިންމާނީ ކައުންސިލްތަކާއި މިނިސްޓްރީ އަދި ގައުމީ ޔުނިވާސިޓީގެ ދިރާސާއަށްފަހު އޭގެ އަލީގައި ކަމަށް ރައީސް ވިދާޅުވި އެވެ.

"ސީއެންއެމް'' އަށް މައުލޫމާތު ދެއްވަމުން މުޙައްމަދު ނަޒީފް ވިދާޅުވީ ތިން މީހުން ތިބޭއިރު އެކަކު މަދުވިޔަސް ކައުންސިލެއް ނުހިނގާނެ ކަމަށެވެ. އަދި ތިން މީހުން ބޭއްތިއްބުމެކޭ ކުރީގަ ހުންނަހެން ކަތީބަކު ބެހެއްޓުމެކޭ އެއްގޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

your imageކައުންސިލްތަކަށް ހާއްސަކޮށް ބޭއްވި ފޯރަމެއްގެ ތެރެއިން

އޭނާ ވިދާޅުވި ގޮތުން ކައުންސިލު ވާންޖެހޭނީ ބޮޑު ކައުންސިލަކަށެވެ. އަދި ކުޑަވީމަ ފޯކަސް ގެއްލޭނެއެވެ.

"ކައުންސިކުތައް ރަނގަޅުވާނެ އެއްގޮތަކީ އެއީ ޕާޓް ޓައިމް ބަޔަކަށް ހެދުން."
"އަޅުގަނޑުމެން ފުރަތަމަ ވެސް ދައްކާ ވާހަކައެއް އެ މީހުންނަކީ އޮފީހުގަ ތިބެންޖެހޭ ބައެއްނޫނޭ. ލޯކަލް ގަވަނަންސް ނިޒާމު ހަރުދަނާ ކުރުމަށް ކުރެވޭނެ އެންމެ މުހިންމު އެއްކަމަކީ, ކައުންސިލަރުންނަކީ ސިޓިންގ އެލަވަންސް ލިބޭ ޕާޓްޓައިމް ބަޔަކަށް ހެދުން. ކައުންސިލަރުންނަކީ ޓައީ އަޅާފަ, އޮފީހުގައި ތިބެންޖެހޭ ބައެއްނޫން. އެއީ އެމީހުންގެ މަސްއޫލިއްޔަތެެއް ނޫން."

ނަޒީފް ވިދާޅުވީ ލޯކަލް ގަވަރނަންސް ނިޒާމާ ކުޅެންވާނީ އެކަން ރަނގަޅުކުރަން ކަމަށެވެ. އަދި ކައުންސިލުން އޭގެ ރޫހާ އެއްގޮތަށް ހަރަދު ކުޑަވާނެ ކަމަށާއި އޭރުން ވަރަށް ގިނަ މައްސަލަ ހައްލުވާނެ ކަމަށެވެ.

"ނޫން ނޫން ނޫން ގޯސް. އެ ރަނގަޅެއް ނޫން." ރައީސް ހިޔާލު ރަނގަޅުތޯ ސުވާލު ކުރުމުން, ލޯކަލް ކައުންސިލްގެ ގާނޫނު ޑްރާފްޓް ހެދުމަށް މަސައްކަތްކުރެއްވި ދާއިރާގެ ތަޖުރިބާކާރު ނަޒީފް ވިދާޅުވި އެވެ.

ލޯކަލް ގަވަރނަންސް  ރައްޔިތުންގެ ބައިވެރިވުން އޮތުން މުހިންމުކަން ފާހަގަކުރައްވަމުން ނަޒީފް ވިދާޅުވީ ރައްޔިތުންގެ ތެރެއިން ތިން މީހަކު ތިބީމަ ރައްޔިތުންގެ ބައިވެރިވުން އެންމެ ރަނގަޅަށް ޝާމިލެއް ނުކުރެވޭނެ ކަމަށެވެ.

"ޚަރަދުކުޑަކުރަންޏާ އެންމެ ރަނގަޅު ގޮތަކީ އެއް ގޮތަކަށް ވެސް ކައުންސިލަރުން ނުބޭތިއްބުން. މަފްހޫމް ހާސިލް ނުވަންޏާ ކީއްކުރަން ކުރާ ކަމެއްތޯ."

ލޯކަލް ގަވަނަންސް ނިޒާމަކީ ޚަރަދުބޮޑު އެއްޗަކަށް ހެދީ ރައްޔިތުންގެ މަޖިލީހުންނެވެ. 2006 ގައި މި ނިޒާމް ތައާރަފު ކުރަން ރަށްރަށުގައި ބޭއްވުނު މަޝްވަރާތަކުގައި ރައްޔިތުންގެ ގިނަބަޔަކު ބުނީ ކައުންސިލަރުންނަކީ ޕާޓްޓައިމް ބަޔަކަށް ހަދައި ދިނުމަށެވެ.

ތިންހާހުން ދަށް އާބާދީ ތަކުގައި, ތިން ކައުންސިލަރުން ބޭތިއްބުމަކީ ރާއްޖޭގައި ތަޖްރިބާކޮށް ފެއިލްވެފައި އޮތް ކަމަކަށްވާއިރު, އަނބުރާ އަނެއްކާ މި ނިޒާމަށް ބަދަލުކުރުން ގޯސް ކަމަށް ނަޒީފް ވިދާޅުވި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް