ކުރީގެ ގައުމީ ފެތުންތެރިޔާ، ޝާރިފް އަންނަނީ، 2013 ވަނަ އަހަރުން ފެށިގެން ސްވިމިން އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލްގެ ޒިންމާ އުފުއްލަވައި، ދުވަހުން ދުވަހަށް އެސޯސިއޭޝަން ހިންގުމުގެ ޒިންމާ އިސްކޮށް އަދާކުރައްވަމުންނެވެ.
ޝާރިފް ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އައްޔަނުކުރަން ނިންމީ ހިންގާ ކޮމިޓީގެ އިއްތިފާގުންނެވެ.
މާސްޓާސް އިން އޮލިމްޕިކް ސްޓަޑީސް، އޮލިމްޕިކް އެޑިއުކޭޝަން އެންޑް މެނޭޖްމަންޓް އޮފް އޮލިމްޕިކް އިވެންޓްސް ހާސިލްކުރައްވާފައިވާ ޝާރިފް އަކީ، އޭޝިއާ އެކުއަޓިކްސްގެ ސޮލިޑާރިޓީ އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ މިހާރު ހިނގަމުން އަންނަ ދައުރުގެ ވައިސް ޗެއާމަން އެވެ. އަދި އޭނާ އަކީ 2019 ވަނަ އަހަރުން ފެށިގެން، މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ ސްޓިއަރިން ކޮމިޓީގެ މެމްބަރެކެވެ.