ads
ރައީސް އޮފީސް އިމާރާތް
މައުލޫމާތު ނުދޭ މައްސަލަ ޕޮލިހަށް
ރައީސް އޮފީހުން މައުލޫމާތު ނުދޭތީ، އިންފޮމޭޝަން ކޮމިޝަން، ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހަށް ހުށަހެޅި މައްސަލަ ތަހުގީގު ކުރަން ފުލުސް އޮފީހަށް ހުށަހަޅައިފި އެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ އިންފޮމޭޝަން ކޮމިޝަނަރު ހުށަހެޅުއްވި މައްސަލައިގައި ޖިނާއީ ކުށުގެ އަމަލެއް ހިމެނޭތޯ ނުވަތަ ނޫންތޯ ބައްލަވައި، ގާނޫނުގައިވާ ގޮތުގެ މަތިން ތަހިގީގުކޮށް، ތަހުގީގުގެ ހޯދުންތަކާއެކު ޕީޖީ އޮފީހަށް ފޮނުވުމަށް ފުލުހުންނަން އަންގާފައިވާ ކަމަށެވެ.

މައުލޫމާތޫ ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 65 ވަނަ މާއްދާ (ނިންމުންތަކަށް ތަބާވުން) ގައި އޮތީ، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމަކާމެދު އިސްތިއުނާފުނުކޮށް، އަދި އެ ނިންމުމަށް އަމަލުވެސް ނުކޮށް ވަނިކޮށް، 45 ދުވަސް ފާއިތުވެއްޖެނަމަ، އެ ފަރާތަކާމެދު، ގާނޫނޫ ގޮތުން ކޮށްފައިވާ އަމުރަށް ނުކިޔަމަންތެރިވުމުން އަމަލުކުރާ އުސޫލުން އަމަލުކޮށްދިނުމަށްޓަކައި ޝަރުއީ ކޯޓަށް ފޮނުވުމަށްއެދި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް، އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހެޅިދާނެ ކަމަށެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ، މިއީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ގަނޫނުން އިންފޮމޭޝަން ކޮމިޝަނަރަށް ލިބިވަޑައިގަންނަވާ ބާރެއްގެ ބޭނުން ކުރައްވައިގެން ފޮނުއްވާފައިވާ މައްސަލައަކަށްވާތީ، ޢާންމު މައްސަލަތަކާ ހިލާފަށް، މިމައްސަލަ ކުރިއަށްދާ ގޮތް ބަލަމުން ދިއުމަކީ ޕީޖީ އޮފީހުން ކުރަންޖެހޭނެ ކަމެއްކަމަށް ފެންނާތީ، މި ތަހުގީގު ހިނގާގޮތް ޕީޖީ އޮފީހުން ގާތުން ބަލަމުން ދާނެ ކަމަށެވެ. އަދި މިމައްސަލައިގައި ދައުވާކުރުމާމެދު ގޮތެއް ނިންމާނީ ތަހުގީގުގެ ހޯދުންތަކަށް ބަލައި، އެކަމުގައި އަމަލުކުރަންޖެހޭ ގާނޫނީ އިޖުރާއަތުތަކުގެ ތެރެއިން ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް