ސިވިލް ސާވިސް ގަވައިދަށްް އިސްލާހު މި ގެންނަނީ 10 އަހަރަށް ފަހުއެވެ. އެންމެފަހުން އެ ގަވައިދު އިސްލާހުކުރީ 2014 ވަނަ އަހަރުއެވެ.
ސީއެސްސީން ބުނީ ގަވައިދު އިސްލާހުކުރަނީ އެ ކޮމިޝަން މެދުވެރިކޮށް ދައުލަތުން ރައްޔިތުންނަށް ފޯރުކޮށް ދެމުން އަންނަ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ޒަމާނީ ޓެކްނޮލޮޖީގެ ޒަރީއާ އިން އެ ހިދުމަތްތައް އަވަސްކަމާ އެކީ ރައްޔިތުންނަށް ފޯރުކޮށް ދިނުމަށްޓަކައި ކުރެވޭ މަސައްކަތުގެ ދަށުންކަމަށެވެ.
އެ ކޮމިޝަނުން އަބަދުވެސް މަސައްކަތް ކުރާނީ މުވައްޒަފުންގެ ހައްގުތައް ކަށަވަރުކޮށް ދިނުމާއި އިދާރާތައް ހިންގުމަށް ފަސޭހަ ގޮތްތައް ހޯދައި ދިނުމާއި މުވައްޒަފުންގެ ކަންކަން ރަނގަޅަށް ބެލެހެއްޓޭނެ ފަސޭހަ ނިޒާމެއް ގާއިމުކުރުމަށް ކަމަށްވެސް ސީއެސްސީން ބުނެއެވެ.
ސިވިލް ސާރވިސް ގަވައިދަށް އިސްލާހު ހުށައެޅުމުގެ ފުރުސަތު މިމަހުގެ 31 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އަދި ހިޔާލުތައް ފޮނުވާނީ [email protected] ކަމަށެވެ. އަދި ސިވިލް ސާވިސްގެ ގަވާއިދު 2014 އަދި އެ ގަވާއިދަށް ގެނެވިފައިވާ އިސްލާހުތައް ކޮމިޝަނުގެ ވެބްސައިޓް https://www.csc.gov.mv/ ގައި ލިބެން ހުންނާނެކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.