ads
މާލެ، ވިލިމާލެ މަގުތައް ހަދަން ނިންމާފައިވާ މަޝްރޫއުގެ ފީސިބިލިޓި ސްޓަޑީ ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
މާލެ، ވިލިމާލެ މަގުތައް ހަދަން ދިރާސާކުރަން ސޮއިކޮށްފި
މާލެ، ވިލިމާލެ މަގުތައް ހަދަން ނިންމާފައިވާ މަޝްރޫއުގެ ފީސިބިލިޓި ސްޓަޑީ ހެދުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
Advertisement

މާލޭ އާއި ވިލިމާލޭގެ މަގުތައް ތަރައްގީކުރުމަށް ނިންމާފައިވަނީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސިޑްކާ)ގެ އެހީގައެވެ. 

މަގުތައް ހެދުމުގެ މަޝްރޫއުގެ ފީސިބިލިޓި ސްޓަޑީ ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރީ ދައުކަތުގެ ތިން ވަޒީރަކު މިހާރު ޗައިނާއަށް ކުރައްވަމުންގެންދަވާ ދަތުރުގައި ސިޑްކާގެ ޗެއާމަން ލުުއޯ ޖާއޮހުއިއާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައެވެ. 

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބްއެވެ. ސިޑްކާގެ ފަރާތުން ސޮއި ކުރެއްވީ އެ އެޖެންސީ ޗެއާމަން ލުއޯ ޖާއޮހުއިއެވެ. މި ރަސްމިއްޔާތުގައި ޗައިނާއަށް ވަޑައިގެން ތިއްބެވި އަނެއް ދެއް ވަޒީރުންކަމަށްވާ ހާރިޖީ ވަޒީރު މޫސާ ޒަމީރާއި މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީގު ބައިވެރިވެޑައިގެންނެވިއެވެ. 

your imageމާލެ، ވިލިމާލެ މަގުތައް ހަދަން ނިންމާފައިވާ މަޝްރޫއުގެ ފީސިބިލިޓި ސްޓަޑީ ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން 

މާލެއާއި ވިލިމާލެ މަގުތައް ހެދުމަށް ދިރާސާކުރަން ޗައިނާގެ (ސިޑްކާ)އާއި ހަވާލުކުރިއިރު ވިލިމާލޭގެ މަގުތަށް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ހެދުމަށްޓަކައި ހަދަންޖެހޭ ޑިޒައިން އަދި ސާވޭ ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮފްމެންޓް ކޯޕަރޭޝަން (އާރްޑީސީ) މި އަހަރު ކުރީކޮޅު  އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރައިން ވަނީ ހަވާލުކޮށްފައެވެ. 

މާލެއާއި ވިލިމާލޭގެ ހުރިހާ މަގެއް ޗައިނާ ސަރުކާރުގެ އެހީގައި ހަދައިދޭން ނިންމާފައަިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިން ތެރޭގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް