އުމުރުން 37 އަހަރުގެ އެންޑީ މުރޭ މިހާރު އަންނަނީ އޭނާގެ ފަސް ވަނަ އޮލިމްޕިކް ގޭމްސްގައި ސިންގަލްސް އަދި ޑަބަލްސް ކުޅެން ތައްޔާރުވަމުންނެވެ. އޮލިމްޕިކްސްގައި ކުޅުމަށް ޕެރިހަށް ދިޔުމަށް ފަހު، އެކްސްގައި މުރޭ ބުނެފައިވަނީ އޭނާގެ އެންމެ ފަހު ޓެނިސް މުބާރާތް ކުޅުމަށް ޕެރިހުގައި ހުރި ކަމަށެވެ.
ސްކޮޓްލޭންޑްގެ ކުޅުންތެރިޔާ އޮލިމްޕިކް ގޭމްސްގައި ފުރަތަމަ ފަހަރަށް ކުޅުނު މެޗަކީ 2008 ވަނަ އަހަރު ބެއިޖިންގައެވެ. އޭގެ ހަތަރު އަހަރު ފަހުން ވިމްބަލްޑަންގެ ފައިނަލުގައި ރޮޖާ ފެޑެރާ އަތުން މުރޭ ބަލިވިއެވެ.
ތިން ފަހަރު ގްރޭންޑް ސްލޭމް ޗެމްޕިއަންކަން ހޯދާފައިވާ އެންޑީ މުރޭ ވަނީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހު އުނަގަނޑުގެ ސާޖަރީއެއް ހަދާފައެވެ. ދެ ފަހަރެއްގެ މަތިން ވިމްބަލްޑަން އޭނާ ކާމިޔާބުކޮށްފައިވެއެވެ.