ads
ހުކުރު ދުވަހު ހަވީރު ވެހިކަލް ދުއްވުން މަނާ
މިނިވަންދުވަހު ހިންގާ ހަރަކާތްތަކައި ގުޅިގެން އަންނަ ހުކުރު ދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުމަކީ މަނާ ކަމެއްކަމަށް މާލޭ ސިޓީ ކައުންސިލުން ކަނޑައަޅައިފިއެވެ.

އެ ކައުންސިލުން ބުނީ  59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޤައުމީ ކެޑޭޓް ކޯ އާއި މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް އެއްވަގުތެއްގައި މާލޭގެ ބޮޑެތި މަގުތަކުގައި ހިނގާލުމެއް ކުރިއަށް ގެއްދިއުމަށް ހަމަޖެހިފައިވާކަމަށެވެ. 

އެހެންކަމުން މިހިނގާލުން ކުރިއަށްދާ ވަގުތު މާލޭގެ މަގުތަކުގެ ޓްރެފިކް ފްލޯ މެނޭޖްކުރުމަށް ދަތިވާނެތީވެ، އަންނަނަ ހުކުރު ދުވަހު ހަވީރު 16:00 އިން 18:00 އަށް ހިނގާލުން ކުރިއަށްދާ ވަގުތުގައި މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތެއްގެ ގޮތުގައި ހަމަޖައްސަވާފައިވާކަމަށެވެ. 

ރާއްޖެއަށް ދިމާވެފައިވާ އިގްތިސާދީ ދަތިތަކުން އަރައިގަތުމަށްް އަޅާ ފިޔަވަޅެެއްގެ ގޮތުން މިއަހަރުގެ މިނިވަންދުވަހު ހަވީރު އޮންނަ ޕްރޭޑް ފިޔަވާ އިތުރު އެއްވެސް ހަރަކާތެެއް ނުބޭއްވުމަށްް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް