ads
ސީކްރެޓް ސާވިސްގެ ޑިރެކްޓަރު
ސެކިއުރިޓީ ފެއިލްވުމުގެ ޒިންމާ ނަގާ ޗީޓްލް އިސްތިއުފާ ދެއްވައިފި
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް މީހަކު ބަޑިން ދިން ހަމަލާއާ ގުޅިގެން ސެކިއުރިޓީ ފެއިލްވުމުގެ ޒިންމާ ނަގާ އެމެރިކާގެ ސީކްރެޓް ސާވިސްގެ ޑިރެކްޓަރު، ކިމްބާލީ ޗީޓްލް އިސްތިއުފާ ދެއްވައިފި އެވެ.
Advertisement

ޑޮނަލްޑް ޓްރަމްޕަށް މީހަކު ބަޑިން ހަމަލާދިނީ މި އަހަރު ނޮވެމްބަރު ފަހެއްގައި އެމެރިކާގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ކުރެއްވި ކެމްޕެއިން ދަތުރެއްގައި ޕެންސިލްވޭނިއާގައި ތަގުރީރުކުރައްވަނިކޮށެވެ.

ޓްރަމްޕަށް ދިން ހަމަލާގައި ވަޒަން އެރީ އޭނާގެ ކަނާތު ކަންފަތަށެވެ. އަދި ކަންފަތުގެ ވޮށިފަށް ވީދައިގެން ގޮސް ލޯވަޅެއް ވަނީ އެޅިފަ އެވެ. 

އެސޯސިއޭޓް ޕްރެސް ނިއުސް އެޖެންސީއާ އަދި އިތުރު ބޮޑެތި މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ސީކްރެޓް ސާވިސްގެ ޑިރެކްޓަރު ހުރިހާ ސްޓާފުންނަށް އީމެއިލް މެދުވެރިކޮށް މަގާމުން އިސްތިއުފާ ދެއްވަން ނިންމާފައިވާ ކަމަށް ބުނެފައި ކަމަށެވެ.

"ސެކިއުރިޓީ ފެއިލްވުމުގެ ފުރިހަމަ ޒިންމާ އަހަރެން ނަގަން،" ޓްރަމްޕްގެ ހަމަލާއަށް އިޝާރާތްކޮށް ޑިރެކްޓަރު ސްޓާފުންނަށް ފޮނުވި މެއިލްގައި ވެއެވެ.

ޗީޓްލްގެ އިސްތިއުފާއާ ގުޅިގެން އެމެރިކާގެ ރައީސް ބައިޑެން ނެރުއްވި ބަޔާނުގައި ވިދާޅުވީ ދެން އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ ޗީޓްލްގެ ބަދަލުގައި ވަރަށް އަވަހަށް މަގާމަށް ބޭފުޅަކު ހަމަޖައްސާނެ ކަމަށެވެ.

ޓްރަމްޕަށް ހަމަލާދިން ތޯމަސް މެތިއު ކްރޫކްސް، 20، ވަނީ ސީކްރެޓް ސާވިސްގެ އޮފިސަަރަކު ދިން ހަމަލާއެއްގައި މަރުވެފަ އެވެ. ތޯމަސް ހަމަލާ ދިނީ ރެލީ ކުރިއަށް ދިޔަ ސަރަހައްދާ މާ ދުރު ނޫން ހިސާބެއްގައި ހުރި ތިރި އިމާރާތެއްގެ ފުރާޅު މަތީގައި އޮވެގެންނެވެ.

އެފްބީއައި އިން މިހާރު އަންނަނީ އެކި އިދާރާތަކާ ގުޅިގެން މުޅި މައްސަލަ ތަހުގީގު ކުރަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް