ads
މާފުށި ޖަލު
ސްކޭމް ހުއްޓުވަން ޖެހި ޖޭމަރުން، ނެޓްވޯކް މާ ރަނގަޅު
ޖަލުން ކުރާ ސްކޭމް ކޯލްތައް ހުއްޓުވުމަަށް ޖެހި އެންޓާނާއިން ޖަލުގެ ގޮޅިތަކަށް މާރަނގަޅަށް ރޭންޖު ލިބޭކަމަށް މޯލްޑިވްސް ކަރަކްޝަނަނަލް ސާވިސް އިން ބުނެފިއެވެ.
Advertisement

ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސާސާތަކުގެ ކޮމެޓީގައި ވާހަކަ ދައްކަމުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް އިބްރާހީމް މުހައްމަދު ދީދީ ވިދާޅުވީ ސްކޭމް ކޯލްތައް ހުއްޓުވުމަށް ޖަލުގައި ޖޭމްރަު ހަރުކުރިކަމަށެވެ. އެހެންނަމަވެސް އޭގެ ފަހުން ކުރިން ޖަލުގައި ރޭންޖު ނުލިބޭ ގޮޅިތަކަށް މިހާރު މާ ރަނގަޅަށް ރޭންޖު ލިބެމުން އަންނަކަން އޭނާ ފާހަގަކުރިއެވެ. 

"އެ އެންޓެނާ ޖެހުމުގެ ސަބަބުން، އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ކުރީގައި ޖަލު ތެރެއަށް ރޭންޖު ނުލިބޭ ބައެއް ގޮޅިތަކަށް މިހާރު ރޭންޖު ލިބޭ. އެހެންވީމަ މިހާރު ބޮޑަށް އެންޓެނާ ހިޓްވާ ނަމްބަރުތަކުގެ މައުލޫމާތު ލިބޭތޯ އެނގޭނީ ޕޮލިހުންނަށް." ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް އިބްރާހީމް ވިދާޅުވިއެވެ.

އެންޓަނާ ބޭނުންމެއް ނެތްކަން ފާހަގަކުރަމުން ޑެޕިއުޓީ ކޮމިޝަނަރު ވަނީ އެކަން އެއީ ބައެއް ވިޔަފާރީ ފުޅާކުރަން ކުރެވޭ ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ. އެހެންކަމުން އެކަން ހުއްޓާލަން މަޝްވަރާކުރާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. 

" އޭގެ އެކަށީގެންވާ ބޭނުމެއް ނުކުރެވޭ ކަމަށްވާނަމަ ބައެއްގެ ވިޔަފާރި ފުޅާ ކުރުމަށްޓަކައި އަޅުގަނޑުމެން އެންޓެނާއެއް ބެހެއްޓުމުގެ ބޭނުމެއް ނެތް، އެހެންވީމަ އެކަންތައް ހުއްޓާލުމަށްޓަކައި މިހާރު މަޝްވަރާ ކުރަމުންދަނީ. "އިބްރާހީމް ވިދާޅުވިއެވެ.

ސްކޭމް ހުއްޓުވުމަށް ބެހެއްޓި އެންޓަނާއި ރޭންޖު ރަނގަޅުވުމުން ޖަލުން ކުރާ ކޯލްތަކުގެ ފާހަގަވާ ހުރިހާ ނަމްބަރުތަކެއްގެ ވެރިފިކޭޝަން ޕޮލިހުންނަށް ދޭން އުނދަގޫކަމަށް ދިރާގާއި އުރީދޫއިން ބުނެފައިވާކަން އިބްރާހިމް ދީދީ ފާހަގަކުރިއެވެ. އެހެންނަމަވެސް ކަރެކްޝަންގެ ހުރިހާ މުވައްޒަދުންގެ ނަމްބަރުތައް ފުލުހުންނަށް އެނގޭނެކަމަށާއި އެހެންކަމުން މުވައްޒަފުންގެ ކޯލްތައް ވަކިކުރަން އެގޭނެކަމަށްވެސް ޑެޕިއުޓީ ކޮމިޝަނަރު ވިދާޅުވިއެވެ. 

ވަޒީރު އިހްސާން ވިދާޅުވީ އެންމެ ގިނައިން ސްކޭމް ކޯލުތައް ކުރަނީ ޖަލުތަކުން ކަމަށެވެ. އެހެންކަމުން އެކަން ހުއްޓުވުމަށް ބޭނުންވާ ވަސީލަތްތައް ގާއިމު ކުރާނެކަމަށެވެ. ވަގަށް ޖަލަށް ތަކެތި ވައްދާތީ އެކަން ހުއްޓުވުމަށް މާފުށީ ޖަލުގައި މެޓަލް ޑިޓެކްޓަރު ވަނީ ވަރަށް ފަހު ހަރުކޮށްފައެވެ. އަދި ޖަލަށް ތަކެތި ވެއްދުމުގައި ބައިވެރިވި ކަރަކްޝަންގެ 18 މުވައްޒަފަކު ވަނީ ހައްޔަރުކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް