ads
ޖަޕާނުގެ ބޮޑުވަޒީރު، ޝިންޒޯ އަބޭ
ޖަޕާނުގައި ކުއްލި ހާލަތު އިއުލާން ކޮށްފި
ކޮވިޑް-19 އާ ގުޅިގެން ޖަޕާނުގައި ސްޓޭޓް އޮފް އެމަޖެންސީ އިއުލާން ކޮށްފި އެވެ.

ޖަޕާނުގެ ބޮޑު ވަޒީރު ޝިންޒޯ އަބޭ ވަނީ ކޮވިޑް-19 ގެ ސަބަބުން އެގައުމުން މަރުވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން އޭޕްރިލް ހަތް ވަނަ ދުވަހުން އެއްމަސް ދުވަހުގެ މުއްދަތަށް ޓޯކްޔާ، އޯސަކާ، ކަނަގަވަ، ސައިތަމަ، ޝިބާ، ހިޔޮގޯ އަދި ފުކުއޮކަ ގައި ސްޓޭޓް އޮފް އެމަޖެންސީ އިއުލާން ކޮށްފަ އެވެ. 

ޝިންޒޯ އަބޭ، ސްޓޭޓް އޮފް އެމަޖެންސީ އިއުލާން ކޮށްފައި ވަނީ އެގައުމުގެ ކޮވިޑް-19 ޓާސްކް ފޯސް އާއެކު ބޭއްވި ބައްދަލުވުމެއްގަ އެވެ. މިކަމާގުޅޭ އިތުރު މައުލޫމާތު ބޮޑުވަޒީރު ދިނުމަށް ނިންމާފައި ވަނީ މިރޭ ޖަޕާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. 

އެހެން ނަމަވެސް ބޮޑުވަޒީރު އަބޭ ވަނީ ކަމާބެހޭ މާހިރުން ލަފާ ކުރާ ގޮތުގައި އިޖުތިމާއީ ގައިދުރުކަން ބަހައްޓާފިނަމަ ބަލިޖެހޭ މީހުންގެ އަދަދި 70 އިންސައްތަ އާއި 80 އިންސައްތަ އާއި ދެމެދު ދައްވާނެ ކަމަށް ވިދާޅުވެފަ އެވެ. 

އަބޭ ވަނީ ސްޓޭޓް އޮފް އެމަޖެންސީ އިއުލާން ކޮށްފައިވާ މި ދަނޑިވަޅުގައި އެއްވެސް ރައްޔިތަކު ގެއިން ބޭރަށް ނުދިއުމަށް އިލްތިމާސް ކޮށްފަ އެވެ. އަދި ހާލަތު ރަނގަޅުވިހާ އަވަހަށް ސްޓޭޓް އޮފް އެމަޖެންސީ އިއުލާން ކޮށްފައި އޮތް އޮތުން ނަގާނެ ކަމަށް ވެސް އަބޭ ވަނީ ރައްޔިތުންނަށް ވިދާޅުވެފަ އެވެ. 

ޖަޕާނުގައި ސްޓޭޓް އޮފް އެމަޖެންސީ އިއުލާންކޮށްފައި އޮތް ނަމަވެސް ގެއިން ބޭރަށްދާ މީހުންނާ މެދު ފިޔަވަޅު އެޅުމަކަށް އެގައުމުގެ ސަރުކާރަކުން ނުނިންމަ އެވެ. އެހެންނަމަވެސް ސަރުކާރުން އަންގާ މުދާ ނުދީ ފޮރުވާނަމަ އަދަބު ދިނުމަށް އެގައުމުން ވަނީ ނިންމާފަ އެވެ. 

އެގައުމުގެ ވިޔަފާރިތަށް ބަންދުކޮށް އާންމު ރައްޔިތުންގެ އެއްބާރުލުން މިކަމުގައި ލިބިގެންދާނެ ކަމަށް ގަބޫލުކުރެވޭކަމަށް މީޑިއާ ތަކުން ބުނެ އެވެ. 

މީގެ ސަބަބުން ލޯކަލް ގަވަމެންޓް އޮތޯރިޓީތަކަށް ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް މަސައްކަތް ކުރުމަށް ފަސޭހަވާނެ ކަމަށް ވެސް މީޑިއާތަކުން ބުނެ އެވެ. 

ޖަޕާނުގައި ސްޓޭޓް އޮފް އެމަޖެންސީ އިއުލާން ކޮށްފައި މިވަނީ އެގައުމުގެ ސިއްހީ އިދާރާތަކާއި ރައްޔިތުން އެކަމަށް ގޮވާލަމުންދާ ދަނޑިވަޅެއްގަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް