ads
ބްރިޖާއި ހައިވޭއަށް ޓޯލް ފީއެއް ތައާރަފު ކުރަނީ
ސިނަމާލެ ބްރިޖާއި ހައިވޭގައި ޓޯލް ނިޒާކު ގާއިމުކޮށް ފީއެއް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްް ސަރުކާރުން ބުނެފިއެވެ.
Advertisement

ސަރުކާރުން މިކަން ހާމަކުރީ މާލެ ސަރަހައްދުގެ ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ސަރުކާރުން އެކުލަވާލާފައިވާ "މާލެފަހި" ޕްރޮގްރާމް, އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާގައެވެ. 

އެ ރަސްމިއްޔާތުގައި އާއްްމުކުރި ވިޑިއޯއެއްގައި ބުނީ ބްރިޖާއި ހައިވޭ ފަދަ ތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ޓޯލް ފީއެއް ތައާރަފުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންކަމަށެވެ. އަދި މި މިކަމަކީ "މާލެ ފަހި" ޕްލޭންގެ ދަށުން ކުރުމަށް ނިންމާފައިވާ މުހިންމު މަސައްކަތެއް ކަމަށްވެސް ވަނި ބުނެފައެވެ. 

މި ފީތައް ތައާރަފުކުރާނީ ކަމާއި ގުޅުން ހުރި އިދާރާތައް މަޝްވަރާކުރުމަށްފަހު ކަމަށާއި އަންނަ މަހު އެ މަޝްވަރާތައް ފަށާނެކަމަށްވެސް ސަރުކށާރުން ބުނިއެވެ.

ޕީޕީއެމް/ ޕީއެންސީ ވެރިކަމުގައި ބްރިޖުން ޓޯލް ފީއެއް ތައާރަފުކުރަން ނިންމާފައިވާކަމަށް މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި އޭރުގެ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ބުންޏެވެ. އެހެންނަމަވެސް މިވާހަކަތައް ޑރ. މުއިއްޒު އޭރު ވަނީ ދޮގުކުރައްވާފައެވެ. 

އެ ވާހަކަތައް ދޮގުކުރައްވާ ޑރ. މުއިއްޒު އޭރު ޓްވިޓާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ދޮގު ބުހުތާނު ވާހަކަތައް ފެތުރުމަކީ ޒިންމާދާރުކަން ކުޑަ، ނާތަހުޒީބު އަމަލެއް" ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް