
އެސްޓީއޯއިން ސޮއިކޮށްފައިވަނީ ޖީއީ ހެލްތު ކެއާއާ އެކުއެވެ.
އެސްޓީއޯއިން ބުނީ މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޅާ ދާއިރާއެއްގައި ސިއްހީ ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށެވެ. އަދި އެސްޓީއޯގެ މެޑިކަލް ސާވިސަސް އިން މަސައްކަތް ކުރަނީ ފެންވަރު ރަނގަޅު އިތުބާރުކުރެވޭ ހިދުމަތްތަކެއް ދިނުމަށްކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.
އެސްޓީއޯ މެޑިކަލްސް ދަނީ ސިއްހީ ދާއިރާއަށް ބޭނުންވާ ބޭހާއި އަދިވެސް އެހެނިހެން ސާމާނު ރާއްޖެއަށް އެތެރެކުރަމުންނެވެ. މިގޮތުން އަތޮޅުތަކުގެ ސިއްހީ މަރުކަޒުތަކުގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ ޒަމާނީ ސާމާނުތައް ގެނެސް އެތަކެތި ހަރުކޮށްދިނުމުގެ މަސައްކަތްވެސް އެސްޓީއޯ މެޑިކަލްސް ދަނީ ކުރަމުންނެވެ.
އެސްޓީއޯއިން ޖީއީ ހެލްތު ކެއާއާ އެކު އެއްބަސްވުމުގައި ސޮއިކުރަނީ
އެސްޓީއޯއިން އެއްބަސްވުން އެކުލަވާލީ ޖީއީ ހެލްތު ކެއާ އަކީ 1994 ވަނަ އަހަރު އުފެދުނު ކުންފުންޏެކެވެ. އެ ކުންފުނިން އަންނަނީ ސިއްހީ ދާއިރާއަށް ބޭނުންވާ ފެންވަރު ރަނގަޅު ޒަމާނީ އާލާތްތައް އުފައްދާ ބާޒާރަށް ނެރެމުންނެވެ.