ads
ކްލަބު މޯލްޑިވްސް ކަޕްގެ މިދިޔަ އަހަރުގެ މުބާރާތުގެ ތެރެއިން
ކްލަބު މޯލްޑިވްސް މުބާރާތްތަކުގައި 60 އަށްވުރެ ގިނަ ޓީމު
އަންނަ މަހު 31 ގައި ފަށާ ކްލަބް މޯލްޑިވްސް އިން ބާއްވާ މުބާރާތްތަކުގައި 60 އަށްވުރެ ގިނަ ޓީމު ބައިވެރިވެއްޖެއެވެ.

ކްލަބު މޯލްޑިވްސްއިން ބާއްވާ މުބާރާތްތަކަކީ، ކްލަބް މޯލްޑިވްސް ކްލަސިކް އާއި އެއިޓީންތާޓީ ފުޓްސަލް ފިއެސްޓާ އަދި ކްލަބް މޯލްޑިވްސް ކަޕެވެ. މިދިޔަ އަހަރު އެއިޓީންތާޓީ ފުޓްސަލް ފިއެސްޓާގެ ވެސް ކްލަސިކް މުބާރާތެއް ބޭއްވި ނަމަވެސް، ކްލަބް މޯލްޑިވްސް އިން މި ފަހަރު ބާއްވާނީ އަންހެން ޑިވިޝަނަށް އެންމެ މުބާރާތެކެވެ.

ކްލަބް މޯލްޑިވްސް ކަޕަކީ 2006 ވަނަ އަހަރުން ފެށިގެން ގަވާއިދުން ބާއްވަމުން އަންނަ މުބާރާތެވެ. ކޮވިޑް-19ގެ ސަބަބުން އެކި ކަންކަމަށް އައި މެދުކެނޑުމާ ހެދި 2020 ވަނަ އަހަރު ކްލަބް މޯލްޑިވްސް ކަޕް ނުބޭއްވުނެވެ. އެކަމަކު، އަލުން ފަށައި ފާއިތުވި ތިން އަހަރު އެ މުބާރާތް ވަނީ ކާމިޔާބުކަމާ އެކު ބާއްވައިފަ އެވެ.

ކްލަބް މޯލްޑިވްސްގެ އެންމެ ފޯރިގަދަ މުބާރާތް ކަމަށްވާ ކްލަބު މޯލްޑިވްސް ކަޕް، މިދިޔަ އަހަރު ކާމިޔާބުކުރީ ފައިނަލުގައި ރޯޑް ރެކްރިއޭޝަން ކްލަބް ބަލިކޮށް ކްލަބް ވެމްކޯ އިންނެވެ.  ކްލަބް މޯލްޑިވްސްގެ އަންހެން ޑިވިޝަން އެއިޓީންތާޓީ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޓީމު ފެނަކަ އިންނެވެ.

ކްލަބު މޯލްޑިވްސް ކްލަސިކްގެ ޗެމްޕިއަންކަން، ފައިނަލުގައި ޕީޖީ އޮފީސް ބަލިކޮށް ހޯދީ ޖުޑީޝަރީންނެވެ. އަދި އެއިޓީންތާޓީ ކްލަސިކް މުބާރާތުގެ ފައިނަލުގައި އެމްއޭސީއެލް ބަލިކޮށް ޗެމްޕިއަންކަން ހޯދީ ކްލަބް ވެމްކޯ އިންނެވެ. މި ފަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލް ކުޅޭ ގޮތަށް މި ވަގުތު ތާވަލުކޮށްފައި އޮތީ، އޮކްޓޫބަރު 12 ވަނަ ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް