ads
ރައީސް މުއިއްޒު އަދި މިނިސްޓަރު އާދަމް ޝަރީފް ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒުގެ ސަރުކާރު ހިންގަވަނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް: އާދަމް ޝަރީފް
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ހިންގަވަނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
Advertisement

މިނިސްޓަރު ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަކީ ރައީސް މުއިއްޒު އިސްކަންދެއްވާ ކަމެއްކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުން އެދޭގޮތަށް ނިޒާމުތައް ހަރުދަނާކުރުމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"މި އުސޫލުން ވެރިކަމުގެ ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި އެކަށީގެންވާ މުއްދަކަށް ކުރިއަށް ގެންދިއުމުގެ ފުރުސަތު ދެވިއްޖެނަމަ، ހަގީގީ މާނައިގައި ރައްޔިތުންގެ ބާރުވެރިކަން އިތުރުވެ، ދިމިގުރާތީ ނިޒާމު ހަރުދަނާވާނެ" އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފު ވިދާޅުވީ ރައީސް ޑރ މުއިއްޒުގެ ޒައާމަތުގައި ރާއްޖޭގެ މުސްތަގުބަލު އުޖާލާވާނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ ބްރިޖުން ޓޯލް ފީ ނެގުމަކީ ސިޔާސަތެއް ނޫންކަމަށް ވިދާޅުވެ ރައީސް މުއިއްޒު ކުރެއްވީ ޕޯސްޓް ރީ ޕޯސްޓް ކުރައްވަމުންނެވެ. 

ޑރ. މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބްރިޖް އިން ޓޯލް ނެގުމަކީ އެމަނިކުފާނުގެ ސިޔާސަތެއް ނޫންކަމަށެވެ. އަދި ރޭގައި އިއުލާން ކުރި "މާލެފަހި" ޕްލޭންގައި ޓޯލް ނެގުމާމެދު ދިރާސާއެއްކުރުމަށް ހިމަނާފައިވަނީ ފަންނީ ލެވެލްގައި އެކަމުގެ ލަފާ އެމަނިކުފާނަށް އެރުވުމުގެ ނިޔަތުގައިކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް