ads
ހިދާޔަތުގެ އަލި
8 އަހަރަށް ފަހު "ހިދާޔަތުގެ އަލި" އަލުން ނެރެނީ
"ހިދާޔަތުގެ އަލި" މަޖައްލާ އަލުން ނެރުމަށްް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އެ މަޖައްލާ އަލުން މި ނެރެން ފަށަނީ 8 އަހަރުގެ މެދު ކެނޑުމަކަށްފަހުއެވެ. 

އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަޖައްލާ ނެރެން ފަށާނީ މާދަމާކަމަށެވެ. އަދި "ހިދާޔަތުގެ އަލި" މަޖައްލާ މާދަމާ ނެރޭއިރު އެ މަޖައްލާ އޮންލައިންކޮށް އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

ރާއްޖޭގެ އެކި އެކި ދީނީ އިލްމުވެރިންގެ ދީނީ ލިޔުންތައް ކޮންމެ ހުކުރު ދުވަހަކު ނެރެމުންދިޔަ ހިދާޔަތުގެ އަލި މަޖައްލާ އެންމެ ފުރަތަމަ ނެރުނި "ދީނުގެ މަގު" ގެ ނަމުގައި ރައީސް މައުމޫން ގެ ވެރިކަމުގައެވެ. އޭގެ ފަހުން ނަން "ހިދާޔަތުގެ އަލި" އެނަމަށް ބަދަލުކުރީ ރައީސް ނަޝީދުގެ ވެރިކަމުގައެވެ.

މާދަމާ "ހިދާޔަތުގެ އަލި" އަލުން ނެރޭއިރު މިމަޖައްލާ ނެރުން ހުއްޓާލީ 2016 ވަނަ އަހަރު ރައީސް ޔާމީންގެ ވެރިކަމުގައެވެ. 2012 ވަނަ އަހަރުވެސް އެ މަޖައްލާ ނެރުން މެދު ކަނޑާލާފައިވެއެވެ. އެއީ ބަޖެޓު ތަން ނުދިނުމުގެ ސަބަބުން ކަަމަށް އެއިރުގެ ސަރުކާރުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް