މާދަމާ ހަވީރު އެމްއެންޑީއެފްގެ މިނިވަން ދުވަހުގެ ޕެރޭޑް އޮންނާނެ
އައިޝަތު ރަޝާ
25 ޖުލައި 2024 - 19:00:41
59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ އެމްއެންޑީއެފްގެ "މަގުމަތީ ހިނގާލުން" މާދަމާ ހަވީރު ބޭއްވުމަށް ހަަމަޖެހިއްޖެ އެވެ.
އެމްއެންޑީއެފް އިން ބުނީ ރައިސް މުއިއްޒު ޝަރަފުވެރިކޮށްދެއްވާ މަގުމަތީގެ ހިނގާލުން ފަށާނީ، މާދަމާ ހަވީރު 16:15 ގައި ބަންޑާރަކޮށީންކަމަށެވެ.
އެ ހިނގާލުމުގައި ޖުމްލަ ފަސް ތަނެއްގައި އެމްއެންޑިއެފްގެ ލަޝްކަރު ހުއްޓުމަށް ހަމަޖެހިފައިވާއިރު، އެއިން ކޮންމެ ތަނެއްގައި މިލިޓަރީ ބޭންޑުގައި ރާގު ކުޅޭނެ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ. އަދި ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށްޓަށްކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެ އެވެ.
މނިވަންދުވަހުގެ މަގުމަތީ ހިނގާލުން ހުއްޓާ ސަރަހައްދުތައް:
- އަމީރު އަހުމަދު މަގު: ޕާކިން ޒޯން ކުރިމަތި
- ސޮސަން މަގު: ދިވެހި ބަހުގެ އެކަޑެމީ ކުރިމަތި
- މަޖީދީ މަގު، ޗާންދަނީ މަގު: ހަތަރު އަނގޮޅި
- މަޖީދީމަގު މިލއަން ބުކްޝޮޕް ކުރިމަތި
- ބޮޑުތަކުރުފާނު މަގު ކަޅުތުއްކަލާ ކޮށި، ހުޅަނގު އުތުރު ކަންމަތި
ކުލަ ގަދަ ހަރަކާތްތަކާއި އެކު މިއަހަރުގެ މިނިވަންދުވަސް ފާހަގަކުރުން ހަފްތާއްއްގެ މުއްދަތަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް