ads
ރާެއްޖެއަށް ފުރިހަމަ މިނިވަންކަން ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ
ރައީސް ނާސިރު, ތަންޑޭވީއަށް ދެއްވި ވަރުގަދަ ޖަވާބު
ނާސިރު ބޮޑުވަޒީރު ކަމުގައި ހުންނެވި ދުވަސްވަރުގައި އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އާރތިންގ ތަންޑޭވީ ނާސިރާއި ބައްދަލުކުރައްވަން އެއް ދުވަހަކު ވަޑައިގަތެވެ.
Advertisement

މި ބައްދަލުކުރެެއްވުން އޮތީ އޭރު ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި އެވެ. މާފަންނު އަތިރީގޭގަ އެވެ.

މި ދުވަސްވަރަކީ ދިވެހިރާއްޖޭގެ ދެކުުނުގައި ވަކި ދައުލަތެއް އުފައްދަވައިގެން ބަޔަކު އުޅުނު ދުވަސްވަރެވެ. އެގޮތުން ވަކި ދައުލަތެއް އުފައްދަވައިގެން އުޅުއްވި އައްޑޫ ހިތަދޫ ޢަބްދުﷲ އަފީފް ސީޝެލްސްއަށް ގެންގޮސްފައިވާކަމެއް ދިވެހި ސަރުކާރަކަށް އޭރު އެނގިފައެއް ވެސް ނުވެ އެވެ. އަފީފު ސީޝެލްސްއަށް ގެންދެވީ އިނގިރޭސީންނެވެ.

މި ދެންނެވި ދުވަހު އިނގިރޭސި ސަރުކާރުން ދިވެހި ބޮޑުވަޒީރުގެ އަތްޕުޅަށް އަރުވަން ޑޭވީއާއި ހަވާލުކުރައްވާފައިވާ ސިޓީ ނާސިރުގެ އަތްޕުޅަށް އެރުވި އެވެ. 

ނާސިރު އެ ސިޓީ ބެއްލެވިއިރު އޮތީ އިނގިރޭސި ސަރުކާރުން އަފީފާއި އޭނާގެ އާއިލާ ސީޝެލްސްއަށް ގެންދިޔަ ވާހަކަ އެވެ.

ސިޓީ ވިދާޅުވުމަށްފަހު ނާސިރު ޑޭވީއާ ސުވާލުތަކެއް ކުރެއްވި އެވެ.

މާލޭގައިވާ ދިވެހި ސަރުކާރުނޫން އެހެން ސަރުކާރެއް އިނގިރޭސިން ގަބޫލުނުކުރާނެ ކަމަށް ލިޔުމުން ދިވެހި ސަރުކާރަށް ވަނީ ޔަގީންކަންދީފައި ނޫންތޯ ނާސިރު ވިދާޅުވި އެވެ.

ވީމާ ދިވެހި ސަރުކާރަށް އެންގުމަކާއި ނުލައި އަފީފާއި އޭނާގެ އާއިލާ ދިވެހިރާއްޖޭގެ ސަރަހައްދުން ބޭރަށް ގެންދެވިގެން ނުވާނެ ކަމަށާއި އަދި އެކަން އެގޮތަށް ކުރެއްވީ ކީއްވެތޯ ސުވާލު ކުރެއްވި އެވެ.

ނާސިރު މި ސުވާލުތައް އެއްސެވިއިރު އައްޑޫ މައްސަލައިގައި އިނގިރޭސި ސަރުކާރާއި ރާއްޖެއާ ދެމެދު އޭރު ވަނީ އެއްބަސްވުމަކަށް އާދެވިފަ އެވެ. ނަމަވެސް އެހާތަނަށް ވެސް ދިވެހިން އެ އެއްބަސްވުމާ ހިލާފެއް ނުވެ އެވެ.

ނާސިރުގެ ވާހަކަފުތަކަށް ދެއްވާނެ ޖަވާބެއް އެނގިވަޑައިނުގަތުމުން އެންމެ ފަހުން ޑޭވީ ރުޅިދުރުވެއްޖެ އެވެ. 

އޭނާ ވިދާޅުވީ ރާއްޖެއަކީ އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތް ގައުމެއް ކަމަށްވާއިރު, އިނގިރޭސީން ބޭނުންވި މީހަކު، ބޭނުންވި ތަނަކަށް، ބޭނުން އިރަކު ގެންދެވޭނެ ކަމަށާއި ދިވެހިންނަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.

ރައްދު ދެއްވަމުން ނާސިރު ވިދާޅުވީ އިނގިރޭސިން ބޭނުންހައި ގޮތެއް ދިވެހިންނަކަށް ނުހެދޭނެ ކަމަށާއި ހެދޭކަމަށްވަންޏާ ދިވެހިންނަށް ހެދޭނެ ގޮތް ވެސް ހުންނާނެ ކަމަށެވެ. އަދި ހަމައެއާއެކު ކުރެވޭނެ ކަންތައް ވެސް ހުންނާނެ ކަމަށެވެ. 

ހިމާޔަތުގެ ވާހަކަ ތިޔަ ގޮތަށް ދައްކަވާކަމަށްވާނަމަ ނުވަތަ ހިމާޔަތާމެދު އިނގިރޭސިން ތިޔަ ގޮތަށް ދެކޭކަމަށްވާނަމަ ތިފަދަ ހިމާޔަތެއްގެ ދަށުގައި ހިނދުކޮޅަކު ވެސް ތިބޭކަށް ބޭނުމެއް ނޫން ކަމަށެވެ.

ހަމަ މިހާރު އިނގިރޭސީންގެ ހިމާޔަތުގެ ދަށުން ވަކިވާން ބޭނުންފުޅުވާ ކަމަށެވެ. އަދި ހަނދާން ކުރާށެވެ! އިނގިރޭސީންގެ ހިމާޔަތުގެ ދަށުން ދިވެހިން ވަކިވަން ބޭނުންވާ ވާހަކަދައްކަން އިނގިރޭސި ސަރުކާާރުން އެއްބަސްނުވާހައި ހިނދަކު އިނގިރޭސިންނާއި އެއްވެސް ވާހަކައެއް ދައްކަވާކަށް ނެތިންކަމަށް ނާސިރު ވިދާޅުވި އެވެ.

މި ފެނިގެން ދިޔައީ ހަގީގީ ދިވެހި ބަތަލެކެވެ. ރާއްޖެ މިނިވަންވުމުގެ ވާހަކަދައްކަން އިނގިރޭސީންނަށް ޖެހުނީ އެއްބަސްވީ އެވެ. އެގޮތުން މިނިވަންކަމުގެ އެއްބަސްވުމުގައި އިނގިރޭސީންނާއެކު ރާއްޖެއިން ސޮއިކުރީ 26 ޖުލައި 1965 ގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް