ads
ނިޝާން އިއްޒުއްދީނުގެ އިއްޒަތްތެރި ވެރިޔާ އައްބާސް އިބްރާހިމް. ފޮޓޯ: ސަން
މިނިވަންކަން ދެމެހެއްޓޭނީ އަޅުގަނޑުމެންގެ މަސައްކަތުން: އައްބާސް
މި ދިވެހިރާއްޖޭގެ މިނިވަންކަން ދެމެހެއްޓޭނީ ދިވެހިންގެ މަސައްކަތުން ކަމަށާއި އެކަން ކޮށްދޭން އެހެން ބަޔަކު ނާންނާނެކަން ފާހަގަކުރައްވައި މިނިވަންކަން ދެމެހެއްޓުމަށް އެންމެން ވެސް މަސައްކަތް ކުރުމަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތްތެރި ވެރިޔާ އައްބާސް އިބްރާހިމް އިލްތިމާސް ކުރައްވައިފި އެވެ.
Advertisement

މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހާ ގުޅުވާ އައްބާސް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމަކީ ވަރަށް ބުރަ މަސައްކަތުން ސާބިތު އަޒުމަކާއެކު ކުރެވުނު މަސައްކަތުން ހޯދުނު މިނިވަންކަމެއް ކަމަށެވެ. އަދި މިނިވަންކަން ދެމެހެއްޓުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ބޮލުގައި އެޅިފައިވާ މަސްއޫލިއްޔަތެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިނިވަން ވީއޭ ހިތަށް އަރާފައި ކޮންމެ މީހަކު ވެސް އެ މީހަކަށް ފެންނަ ގޮތަކަށް އުޅޭނެ ގޮތަކަށް އުޅުން އެއީ އަދި މިނިވަންކަން ދެމި އޮންނާނެ ގޮތެއް ނޫން ކަން ވެސް އައްބާސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. އަދި ގައުމީ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ މީހެއްގެ ބޮލުގައި އެޅިފައިވާ މަސްއޫލިޔަތަކާއި ކޮންމެ މީހެއްގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް އެބައޮތް ކަން ވެސް ފާހަގަކުރެއްވި އެވެ.

"އޭގެތެރެއިން އެންމެ ބޮޑު ކަމަކީ ގައުމަށް އިސްކަން ދިނުން އެންމެ ފުރަތަމަ ކަމަކީ ގައުމު ކަމުގަ ބެލުން. އަދި އަޅުގަނޑުމެން އަމިއްލަ އެދުންތަކުން އެއްކިބާވެ ގައުމީ މަސްލަަހަތަށް ބޮޑަށް އިސްކަންދިނުން" އެއީ އެންމެން ކުރަންޖެހޭ ކަމެއްކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވި އެވެ.

މި މޭރުމުން ދެއްކެވި ވާހަކަފުޅުގައި އައްބާސް ވަނީ ތަންކޮޅެއް ކުރިން އެމެރިކާގެ ރައީސަކު ވިދާޅުވެފައި އޮތް ބަސްފުޅެއް ފާހަގަކުރައްވައި މިއަދުގެ ޒުވާނުން އެ މެސެޖު ބަލައިގަންނަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

"މިއަދުގެ ޒުވާނުންނަށް ދެއްވަން އޮތް ނަސޭހަތަކީ ތަންކޮޅެއް ކުރިން އެމެރިކާގެ ރައީސަކު ވިދާޅުވެފައި އޮތް ބަސްފުޅެއް ކަމަށް ގައުމު ތިމާއަށްކޮށްދޭނީ ކޮންކަމެއްތޯ ސުވާލުކުރުމުގެ ބަދަލުގައި ތިމަންނާއަށް ގައުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ ސުވާލުކުރުން އެގޮތަށް ވިސްނުން ބަދަލުވެއްޖެނަމަ އަބަދުވެސް ގައުމު އަޅުގަނޑުމެންގެ ކިބައިން އެދެނީ ކޮންކަމެއްކަން ގައުމަށް ކޮށްދެވޭން އޮތީ ކޮންކަމެއްކަން ހިތުގަ އޮންނާނެ." ޓީވީއެމްއަށް ދެއްވި ބަސްދީގަތުމެއްގައި އެމަނިކުފާނު ވިދާޅުވި އެވެ.

މިނިވަންކަން ދެމެހެއްޓޭނީ އަޅުގަނޑުމެން މަސައްކަތްކޮށްގެން ކަމަށާއި އެކަން ކުރަން އެހެން ބަޔަކު ނާންނާނެ ކަމަށް ވެސް އެމަނިކުފާނުގެ މެސެޖު ނިންމަވައިލައްވަމުން ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް