ads
އަމްނާ ތަޒްކިޔާ މިރުސާދު
އަންހެނުންގެ 100މ ގައުމީ ރެކޯޑް ތަޒްކިޔާ އާކޮށްފި
އަންހެނުންގެ ލޯންގކޯސް 100 މީޓަރ ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް އަމްނާ ތަޒްކިޔާ މިރުސާދު އާކޮށްފިއެވެ.

ސްރީލަންކާގައި ކުރިއަށްދާ، އެ ގައުމުގެ ނެޝަނަލް އެންޑް ނެޝަނަލް ޖޫނިއަރ ނެޝަނަލް ލޯންގކޯސް ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި ތަޒްކިޔާ 100 މީޓަރ ފްރީސްޓައިލް އިވެންޓު ނިންމާފައިވަނީ 01:05.53 އިންނެވެ.

މިއިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ އާމިނަތު ޝަޖަން އެވެ. އެއީ 2016 ވަނައަހަރު ބޭއްވުނު ރިއޯ 2016 އޮލިމްޕިކް ގޭމްސްގައި 01:05.71 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް