ads
ދިރާގުން ދޭ އިންސްޓެކްސް މިނީ 12 ކެމެރާއެއް ހޯދުމުގެ ފުރުސަތު
ދިރާގުން އިންސްޓެކްސް މިނީ 12 އެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި
މި މިނިވަން ދުވަހާ ގުޅިގެން، ދިރާގުން އިންސްޓެކްސް މިނީ 12 އެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
Advertisement

މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ދިރާގުން ހާއްސަ ސޯޝަލް މީޑިއާ ކޮންޓެސްޓެއް ލޯންޗުކޮށްފައިވާއިރު ދިރާގުން ބުނީ މި ހަރަކާތުގައި ބައިވެރިވެގެން ގުރުވަތުން ނެގޭ ތިން ނަސީބުވެރިންނަށް އިނާމެއްގެ ގޮތުގައި އިންސްޓެކްސް މިނީ 12 ކެމެރާއެއް ހޯދުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށެވެ. އަދި ފޭސްބުކް، އިންސްޓަގްރާމް އަދި އެކްސް، އެ ތިން ސޯޝަލް މީޑިއާގެ ތެރެއިން ކޮންމެ ޕްލެޓްފޯމަކުންވެސް އެއް ނަސީބުވެރިއަކު ހޮވިގެންދާނެކަމަށް ދިރާގުން ބުނެއެވެ. 

ދިރާގުން ބުނީ ފުޖީފިލްމް އިންސްޓެކްސް މިނީ 12 އިންސްޓަންޓް ކެމެރާ އެއްގެ އިތުރުން ގުރުވަތުން ހޮވޭ ތިން ނަސީބުވެރިންނަށް އިންސްޓެކްސް މިނީ އިންސްޓަންޓް ފިލްމް ޕެކެއްވެސް ލިބިގެންދާނެކަމަށެވެ. 

"މި ކޮންޓެސްޓް ކުރިއަށްގެންދިޔުމުގެ މައިގަނޑު މަގްސަދަކީ މިނިވަން ދުވަހުގެ ރޫހު މުޖުތަމައުގެ ތެރޭގައި ދިރުވާ އާލާކުރުން. ކޮންމެ ފަރާތަކުންވެސް މިނިވަން ދުވަހުގެ ހާއްސަ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްލައިގެން މި ހަރަކާތުގައި ބައިވެރިވެވޭނެ" ދިރާގުން ބުނެއެވެ.

ދިރާގުގެ މި ހަރަކާތުގައި ބައިވެރިވުމަށް ފޮޓޯ ހިއްސާކުރަން ވާނީ ފޭސްބުކް، އިންސްޓަގްރާމް ނުވަތަ އެކްސްގައި #Minivan26 ހޭޝްޓެގާ އެކު ދިރާގު ޓެގް ކުރުމަށް ފަހުގައި ކަމަށް އެ ކުންފުނިން ބުނެ އެވެ.

މީގެ އިތުރުން، މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން މި ޗުއްޓީ ހަފްތާ ބަންދު ތެރޭގައި ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް 75 ރުފިޔާއަށް 100ޖީބީ ލިބޭ ޕްރޮމޯޝަނެއްވެސް އެކުންފުނިން ކުރިއަށްގެންދާނެއެވެ.

ދިރާގުން ވަނީ ރާއްޖޭގަ 59ވަނަ މިނިވަން ދުވަހުގެ އުފާވެރި ތަހުނިޔާ ހުރިހާ ދިވެހި ރައްޔިތުންނަށް އަރިސްކޮށްފަ އެވެ. އަދި ކުންފުނީގެ އަމާޒަކީ މިފަދަ ހާއްސަ ދުވަސްތަކާ ގުޅުވައިގެން ތަފާތު، މަޖާ އަދި ހިތްގައިމު ހަރަކާތްތައް އާންމުންނާ ހަމައަށް ގެނެސްދިނުންކަމުގައި ދިރާގުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް