އަންނަ މަހުގެ ފަސްވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މި މުބާރާތުގައި ފިރިހެން ބައިން 68 ކުޅުންތެރިންނާއި އަންހެން ބައިން 56 އަންހެން ކުޅުންތެރިން ބައިވެރިވިއެވެ. ބީ.އެމް.އެލް ނެޝަނަލް ޗެމްޕިއަންޝިޕް، ޓެނިސް މުބާރާތުގައި އެކި އުމުރުފުރާތަކުން، ގާތްގަނޑަކަށް 235 މެޗު ކުޅޭނެއެވެ.
ބައިވެރިންގެ އަދަދަށް ބަލާއިރު މި ކުޅިވަރަށް ލިބޭ ތަރުހީބު އާއްމުންގެ މެދުގައި ބޮޑުވަމުންދާކަމަށް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މައުލޫމާތުދެއެވެ.