އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގަ އެވެ.
އެމަނިކުފާނު ވިދާޅުވީ މިނިވަންކަން ގައުމަކަށް ލިބެނީ މައިގަނޑު ތިން ކަމެއް ހާސިލުވުމުން ކަމަށެވެ.
އެ ތިން ކަމަކީ:
އިގުތިސާދީ ސިޔާދަތު ޔަގީންވުން
އަމިއްލަވަންތަކަމުގެ ސިޔާދަތު ޔަގީންވުން
ސަލާމަތީ ނުވަތަ ދިފާއީ ސިޔާދަތު ޔަގީންވުން
މި ތިން ސިޔާދަތު ޔަގީންނުވާ ހާލެއްގައި އެ ގައުމެއްގައި މިނިވަންކަމެއް ހަގީގީ މާނައިގައެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މި ތިން ސިޔާދަތު ޔަގީން ކުރުމަށް ފަރުދުންނާއި އާއިލާތަކާއި ޖަމާއަތުގެގެ ފުދުންތެރިކަމަށް ޔަގީން ކުރެވިފައި ވަނީ ކޮން ކަމެއްތޯ ބަލަންޖެހޭ ކަމަށާއި މިނިވަކަން ޔަގީން ކުރުމަށް ވަރަށް ބުރަ މަަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެގޮތުން މި ސިޔާދަތުތައް ޔަގީންކުރުމަށް މި ވޭތުވެދިޔަ 8 މަސް ދުވަހުގެތެރޭގައި ވަޒީރުންގެ މަޖިލީހުގެ 17 ބައްދަލުވުން ބޭއްވި 225 ނިންމުމެއް ވަނީ ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ ކުރީގެ ދައުރުގައި ފުރަތަމަ 8 މަަސް ދުވަހުގައި ބޭއްވުނީ 14 ބައްދަލުވުން ކަމަށާއި 34 ނިންމުމެއް އަދި ރައީސް ޔާމީންގެ ޒައާމަތުގައި މި މުއްދަތުގައި ބޭއްވުނީ 7 ބައްދަލުވުން ކަމަށާއި ނިންމުނީ 8 ނިންމުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.