ads
2024 ވަނަ އަހަރުގެ ފަހުރުވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވާހަކަފުޅު ދައްކަވަނީ
ސޮވެރިން ޑިވެލޮޕް ފަންޑަށް 65 މިލިއަން ޑޮލަރު ޖަމާކޮށްފިން: ރައީސް
މި ސަރުކާރުން މިހާތަނަށް ސޮވެރިން ޑިވެލޮޕް ފަންޑަށް 65 މިލިޔަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މި ސަރުކާރު ފެށުނުއިރު ސޮވެރިން ޑިވެލޮޕް ފަންޑުގައި ހުރީ 2 މިލިޔަން ރުފިޔާ ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ އިގުތިސާދީ އެޖެންޑާ ތަންފީޒުކުރަން ފަށައި ފައިސާ ޗާޕްނުކޮށް ކުރަމުންމިދާ ތަންފީޒުކުރުމުގެ ތެރެއިން  މިހާތަނަށް ސޮވެރިން ޑިވެލޮޕް ފަންޑަށް 65 މިލިޔަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށެވެ.

"މިއީ އަޅުގަނޑުމެން ބޭރުގެ ދަރަނި ދެއްކުމަށްޓަކައި ސަލާމަތްކުރާ ފައިސާ" ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ އިގުތިސާދީ އެޖެންޑާ ރޭވިފައި އޮންނާނީ އިގުތިސާދީ ސިޔާދަތު ކަށަވަރު ކުރުމަށް ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުން ޖޫން މަސް ނިމުނުއިރު 18.6 ބިލިއަން ރުފިޔާގެ އާމްދަނީ ހޯދިފައިވެ އެވެ. އޭގެތެރެއިން ބޮޑު ބައެއް މި އޮންނަނީ ރިކަރަންޓްގެ ހަރަދުގެ ގޮތުގައި ހަރަދު ކުރެވިފައިކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ 18.6 ބިލިއަން ރުފިޔާގެ އާމްދަނީއިން 16.7 ބިލިއަން ހޭދަވީ ސަރުކާރު ހިންގުމަށް ކުރެވުނު ރިކަރަންޓްގެ ހަރަދުގެ ގޮތުގައި ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް