ފުލުހުން މިރޭ ބުނީ ރަސްދޫ ސާހިލް ގޭގައި، މިނިސްޓްރީ އޮފް އެކޮނޮމިކް ޑެވަލޮޕްމެންޓް އެންޑް ޓްރޭޑް ގައި ރަޖިސްޓްރީ ނުކޮށް ސްޕާއެއްގެ ނަމުގައި ހިންގަމުން އައި ''ބުލޫ ވެލި ސެލޫން'' އިން ހަށިވިއްކާ ކަމުގެ ތުހުމަތުގައި ތިން ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން ބުލޫވެލި ސެލޫން ބަލައި ފާސްކޮށް ހަށިވިއްކާ ކަމުގެ ތުހުމަތުގައި 42 އަހަރުގެ އަންހެނަކާއި27 އަހަރުގެ އަންހެނަކާއި 28 އަަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން ބުނި ގޮތުގައި މި އެންމެންނަކީ ވެސް ބިދޭސީންނެވެ.
ނަމަވެސް އެއީ ކޮން ގައުމަކަށް ނިސްބަތްވާ ބައެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.