ads
ހުޅުމާލޭގައި އާރުޓީއެލްބަހުގެ ހިދުމަތްދޭ ބައެއް ރޫޓުތަކަށް ބަދަލު ގެނެސްފި - ފޮޓޯ: އެމްޓީސީސީ
ހުޅުމާލޭގައި އާރުޓީއެލްބަހުގެ ހިދުމަތްދޭ ބައެއް ރޫޓުތަކަށް ބަދަލު ގެނެސްފި
ހުޅުމާލޭގައި އާރުޓީއެލްބަހުގެ ހިދުމަތްދޭ ބައެއް ރޫޓްތަކަށް މިއަދުން ފެށިގެން ބަދަލު ގެންނަން ނިންމާފައިވާ ކަމަށް އެމްޓީސީސީއިން ބުނެފި އެވެ.

އެމްޓީސީސީއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދު ވަށައިގެން އޮންނަ މަގު އެއްކޮޅަށް ދުއްވާ މަގަކަށް ބަދަލުކޮށްފައިވާތީ އާރުޓީއެލް ހުޅުމާލެ ބަހުގެ ހިދުމަތުގެ ބައެއް ރޫޓްތަކަށް ބަދަލު ގެނެސްފައިވާކަމަށެވެ. 

ބަހުގެ ހިދުމަތައް ގެނެސްފައިވާ ބަދަލުތަކަކީ:

  • އާރް 2 - މާލެ (ކާނިވަލް) - ހުޅުމާލެ ފޭސް 1
  • އާރް 7 - ހުޅުމާލެ ފޭސް 2 - މާލެ (ވެސްޓްޕާކް)
  • އާރް 8 - ހުޅުމާލެ ފޭސް 2 - މާލެ (ކާނިވަލް)
  • އާރް 9 - ހުޅުމާލެ ފޭސް 2 - މާލެ ވެލަނާ އިންޓަނޭޝަނަލް އެއާޕޯޓް

your imageހުޅުމާލޭގައި އާރުޓީއެލްބަހުގެ ހިދުމަތްދޭ ބައެއް ރޫޓުތަކަށް ބަދަލު ގެނެސްފި - ފޮޓޯ: އެމްޓީސީސީ

އާރުޓީއެލް ބަހުގެ ހިދުމަތައް ބަދަލުގެނެވުނީ ހުޅުމާލޭ ސެންޓްރަލް ޕާކު ވަށައިގެންވާ މައިމަގު އެއްކޮޅަށް ދުއްވާ މަގަކަށް ބަދަލު ކުރުމުގެ ސަބަބުންނެވެ. އަދި މިމަގު މިއަދު ވަނީ އާމުންނައް ހުޅުވާލައިފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް