ads
ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ. ފޮޓޯ:ރަައީސް އޮފީސް
ގެދޮރުވެރިކަމުގެ ލޯނުތައް އަންނަ އޮކްޓޫބަރުމަހު ދޫކުރަން ފެށޭނެ: ރައީސް
ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި 5 އިންސައްތައަށްވުރެ އިންޓަރެސްޓް ރޭޓް ބޮޑުނުވާ ގޮތަށް ދޫކުރާ ގެދޮރުވެރިކަމުގެ ލޯނުތައް އަންނަ އޮކްޓޫބަރުމަހު ދޫކުރަން ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލު ކުރުމަކީ މި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ އެންމެ ބޮޑު އެއް ވައުދެވެ.

އެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ދިރިއުޅޭ ކޮންމެ ރައްޔިތަކަށްވެސް ނެގޭ ގޮތަށް ދޫކުރާ ގެދޮރިވެރިކަމުގެ ލޯނުތައް ދޫކުރަން ކުރަންޖެހޭ ހުރިހާ މަސައްކަތެއްހެން މިހާރު ނިމިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ދެމެހެއްޓެނިވި ތަރައްގީގެ ވިސްނުމުގެ ތެރެއިން 3 ގިންތިއެއްގައި ލޯނު ދޫކުރާނެ ކަމަށެވެ.

އެ ތިން ގިންތިއަކީ:

މާލެ ސިޓީގައި ހަ މިލިޔަން ރުފިޔާއާ ހަމައަށް 

އާބަންސެންޓަރުތަކުގައި ތިން މިލިޔަން ރުފިޔާއާ ހަމައަށް 

އެހެން ރަށްރަށުގައި އެއް މިލިޔަން ރުފިޔާއާ ހަމައަށް ލޯނަށް 

މި ލޯނުތައް މެދުވެރިކޮށް ގެދޮރު އަލަށް އިމާރާތްކުރުމަށާއި، މަރާމާތުކުރުމަށާ އަދި ހަދަންފަށައި ނުނިމި ހުރިބައި ނިންމުންފަދަ ކަންކަން ކުރެވޭނެކަމުގައި ރައީސް ވިދާޅުވި އެވެ.

ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓުން ވެސް ޕީއައިސްއައިޕީ މަޝްރޫއުތަކުގެ 50 އިންސައްތަ ހާއްސަކުރާނީ ގެދޮރުވެރިކަމުގެ މަޝްރޫއުތަކަށް ކަމަށް މިިދިޔަ މަހު ރައީސް ވަނީ ވިދާޅުވެފަ އެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ގެދޮރު ބިނާކުރުމަށް ފަސް އިންސައްތައަށްވުރެ ބޮޑު ނޫން އިންޓަރެސްޓުގައި ލޯނު ދޫކުރުމަށް ހައުސިން ޑިވެލޮޕްމެންޓު ފިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އާއި މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމެންޓުގެ މެދުގައި މެމަރަންޑަމް އޮފް އަންޑަސްޓޭންޑިންއެއްގައި މިދިޔަ މާޗު މަހު ވަނީ ސޮއި ވެސް ކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް