
މިކަން ހާމަކުރީ އިސްކަންދަރުކޮށީގައި ފުލުހުންނާއި ކަސްޓަމްސްއިން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
މި ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ޗީފް އިނިސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ވަހީދު ވިދާޅުވީ ޕާކިސްތާނު މީހާ މާލެ އައީ މިދިޔަ ބުދަ ދުވަހު އަބޫދާބީގެ މަގުން ކަމަށެވެ.
އޭނާގެ އަތުން 2.12 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި އެ ތަކެތި ތަހުލީލުކުރިއިރު ހެރޮއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށް ވަހީދު ވިދާޅުވި އެވެ.
ވަހީދު ވިދާޅުވީ މި މައްސަލާގެ ތުހުމަތުގައި މިހާރު ދިވެހި ދެ ފިިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 25 އަހަރުގެ މީހަކާއި 42 އަހަރުގެ މީހެއް ކަމަށް ވަހީދު ވިދާޅުވި އެވެ.
ވަހީދު ވިދާޅުވީ އެ ދެ މީހުންނާއި ޕާކިސްތާނު މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެ ތިން މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލާގައި އިތުރު ބަޔަކަށް ތުހުމަތު ކުރެވޭތީ އެކަން ބަލަމުން އަންނަ ކަަމަށް ވެސް ވަހީދު ވިދާޅުވި އެވެ.