ads
މިސަރުކާރުންވަނީ މަސްވެރިންނަށް މިހާތަނަށް 1 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފަ
މިނިމުނު ދެހަފްތާއަށްވާ 2.1 މިލިޔަން ރުފިޔާ މަސްވެރިންނަށް ދީފި
މިދިޔަ ދެ ހަފުތާގައި މަސްވެެރިން ބޭނި މަހަށް މިފްކޯއިން 2.1 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.
Advertisement

މިފްކޯއިން ބުނީ މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް 136 މެޓްރިކް ޓަނުގެ މަސް އެ ކުންފުންޏަށް ކިރާފައިވާ ކަމަށެވެ.

އެ މަހަށް ވާ ފައިސާ މިފްކޯއިން ދޫކޮށްފައި ވަނީ މިއަދު އެވެ. އެ ފައިސާ އާއެކު މި ސަރުކާރުން މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދު ވަނީ 854،488،519ރ. އަށް އަރައިފަ އެވެ. މިފްކޯއިން ބުނީ މަސްވެރިން ބާނާ މަހަށް ދެ ހަފުތާ ތެރޭގައި މިހާރު ފައިސާ ދޫކުރެވޭ ކަމަށެެވެ.

މިއާއެކު، މިސަރުކާރުން މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދު ވަނީ މިހާތަނަށް 1 ބިލިއަނަށް ވުރެ ގިނަ ރުފިޔާއަށް އަރައިފަ އެވެ.

މި ސަރުކާރުގެ އަމާޒަކަށް ކުރިން ކަނޑައެޅީ މަސް ކިރާތާ އެންމެ ލަސްވެގެން 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދިނުމެވެ. ނަމަވެސް އެގޮތަށް އެކަން ކުރިއަށް ގެންދަން ދަތިވީ ދުނިޔޭގެ ބާޒާރުގައި މަހަށް ލިބޭ އަގު ވެސް ރަނގަޅުވެގެން ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

އެހެންވެ އެ އުސޫލަށް އަމަލު ކުރެވޭނީ ޕްރޮސެސްކޮށްފައިވާ މަހުގެ އުފެއްދުންތައް ނެރޭ ނިސްބަތް އިތުރުކޮށް ރަނގަޅު އާމްދަނީއެއް މިފްކޯއެއް ލިބެން ފެށުމުން ކަމަށް ޝިޔާމް ވިދާޅުވި އެވެ. އަދި ސަރުކާރުން މަސައްކަތް ކުރަނީ ދަނީ އެ މަގަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ސަރުކާރުގެ ކުރީކޮޅު މަސްވެރިންނަށް ފައިސާ ދޫކުރުމުގައި ދަތިތަކެއް ދިމާވީ "ސިޔާސީ މަންފާ" އަށް ކުރީގެ މަސް ކިލޯއެއްގެ އަގު 17ރ. 25ރ. އަށް ބޮޑުކުރުމުން ކަމަށެވެ.

މިފްކޯއިން ބުނީ އެ ކުންފުނީގެ ހިންގުން ހަރުދަނާކޮށް އާމްދަނީ އިތުރުކުރެވޭނެ އިތުރު ގޮތްތައް ބަލައި، ޚަރަދުތައް ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތައް އަޅަމުންދާކަމަށެވެ.

ބައިނަލްއަގުވާމީ ބާޒާރުގައި މަސް ވިއްކުމަށްފަހު ލިބޭ އާމްދަނީއަށްވުރެ މަސްވެރިންގެ އަތުން ގަންނަ މަހަށް ދައްކަންޖެހޭ ފައިސާއާއި މަސް ގަނެ، ޕްރޮސެސްކޮށް، ވިއްކުމަށް ހިނގާ ހަރަދު ބޮޑުތަނުން އިތުރުވާތީ މިފްކޯއަށް އިތުރަށް ބޭނުންވާ ފައިސާ މިހާތަނަށް ހަމަޖައްސާފައިވަނީ ލޯނު ނަގައިގެންނާއި ސަރުކާރުގެ އެހީގައި ކަމަށް އެކުންފުނިން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް