ads
އޭސީސީއަށް ހުށަހަޅާ މައްސަލަތަކުގެ އަދާހަމަ ލިބުން ޑިޖިޓަލައިޒްކޮށްފި
އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ އަދާހަމަ ކާކުކަން އެނގޭގޮތަށް އެ މައްސަލަ ހުށަހަޅާ ފަރާތްތަކަށް އޮޓޯމޭޓެޑް ނިޒާމެއް ތެރެއިން ލިބޭނެ އިންތިޒާމް އެންޓި ކޮރަޕްޝަން ކޮމިޝަނުން ހަަމަޖައްސައިފި އެވެ.
Advertisement

އެސިސީން ބުނީ އެއީ "ލިބީ"ގެ ނަމުގައި މިއަދު ތައާރަފްކުރެވުނު އޮޓޮމޭޓެޑް ނިޒާމެއް ކަަމަށެވެ. 

އެގޮތުން ގެ މައްސަލަ ހުށަހަޅާ ހިސާބުން ފެށިގެން މައްސަލަ ނިމެންދެން، މައްސަލައާ ގުޅިގެން ކޮމިޝަނުން ކުރިއަށް ގެންދާ ކޮންމެ މަރުހަލާއެއް ފެށުމުން އަދި ނިމުމުން އެކަމުގެ އަދާހަމަ، ކާކުކަން އެނގޭގޮތަށް ފޯނު ނަންބަރާއިއެކު މައްސަލަ ހުށަހަޅާ ފަރާތަކަށް އެސްއެމްއެސްގެ ޒަރިއްޔާއިން ލިބެމުން ދާނެކަަމަށް އެސީސީން ބުނެއެވެ.

"ލިބީ" ގެ ފަންގްޝަންގެ ސަބަބުން ކޮމިޝަނަށް ހާޒިރު ނުވެ، މައްސަލާގެ އަދާހަމަ ބެލުމަށް އިތުރު ވަގުތު ހޭދަކުރުމަކާއި ނުލާ މައްސަލާގެ އަދާހަމަ ލިބިގެންދާނެ" އެސީސީން ބުނެ އެވެ.

އޭގެ އިތުރުން އެ ފަންގްޝަންގެ ސަބަބުން މައްސަލަތަކުގެ އަދާހަމަ ހޯދުމަށް އެދި ހުށަހަޅާ ހުށަހެޅުންތަަކަށް ޖަވާބު ދިނުމަށް ހޭދަކުރަމުންދާ ވަގުތު ސަލާމަތް ކުރެވި، ހުށަހަޅާ މައްސަލައާ ގުޅިގެން ކޮމިޝަނުން ނިންމާ ނިންމުން ފަސޭގައިން އެނގިގެންދާނެކަމަށް އެސިސީން ބުނެ އެވެ.

ލިބީ އިފްތިތާހު ކޮށްދެއްވީ މިއަދު އެ ކޮމިޝަނުގައި ބޭއްވި ހާއްސަ ރަސްމިޔާތެއްގައި އެސީސީގެ ރައީސް އާދަމް ޝާމިލެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް