ads
އަދާލަތު ޕާޓީގެ ރައީސް
އިސްރާއީލަކީ މުޅި އިންސާނިއްޔަތަށް ހުރި ހުތުރެއް: އަދާލަތު
އިސްރާއީލަކީ މުޅި އިންސާނިއްޔަތަށް ހުރި ހުތުރެއް ކަމަށާއި އަދި ޔަހޫދީންގެ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް އަދާލަތު ޕާޓީއިން ގޮވާލައިފި އެވެ.
Advertisement

އަދާލަތުން މި ގޮތަށް ގޮވާލީ އީރާނުގައި ހުންނަވަނިކޮށް ހަމާސްގެ ޕޮލިޓިކަލް ޗީފް، އިސްމާއިލް ހަނިއްޔާ ޝަހީދުކޮށްލުމާއި ގުޅިގެން ނެވެ.

އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ ބަޔާނަކާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި ހަނިއްޔާ އާއި އޭނާގެ ބޮޑީގާޑުގެ ތެރެއިން އެކަކު އަވާހަރަކޮށްލާފައިވަނީ އެމީހުން ތިބި އިމާރާތުގައި ދިން ހަމަލާތަކަކުންނެވެ.

އައިއާރުޖީސީގެ ބަޔާނުގައި ބުނެފައިވަނީ ހަނިއްޔާ ތެހެރާނަށް ވަޑައިގެންނެވީ އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އަންގާރަ ދުވަހު ކަމަށެވެ. 

your imageހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ އާއި އެ ޖަމާއަތުގެ ބައެއް އިސްވެރިން --- ފޮޓޯ: އޭޕީ

އަދާލަތުން ނެރުނު ބަޔާނުގައި ބުނީ ހަނިއްޔާ ޝަހީދުކޮށްލެވުމުގެ ހިތާމައިގައި އެ ޕާޓީން ބައިވެރިވެ, ޝަހީދު އިސްމާއިލް ހަނިއްޔާގެ އާއިލާއަށާއި ފަލަސްތީނުގެ ރައްޔިތުންނަށާއި މުޅި އިސްލާމީ އުންމަތަށް ތައުޒިޔާ ދަންނަވާ ކަމަށެވެ.

"އިސްރާއީލަކީ މުޅި އިންސާނިއްޔަތަށް ހުރި ހުތުރެއް، ޔަހޫދީންގެ އަނިޔާވެރިކަން ނިމުމަކަށް ގެނެސް އިސްރާއީލުގެ ލާއިންސާނީ ޖަރީމާތައް ބަލައި ފަލަސްތީނުގެ ރައްޔިތުންނާއި އިންސާނިއްޔަތަށް އިންސާފު ހޯދައި ދިނުމަށް ގޮވާލަން" ހަނިއްޔާ ޝަހީދުކޮށްލުމުގެ ހިތާމައިގައި އަދާލަތުން އާންމު ކުރި ބަޔާނުގައި ވެ އެވެ.

މިއަހަރުގެ ކުރީކޮޅު އިސްރާއީލުން ދިން ހަމަލާއެއްގައި ހަނިއްޔާގެ ތިން ދަރިން ވެސް ވަނީ ޝަހީދުކޮށްލާފަ އެވެ.

އިސްމާއީލް ހަނިއްޔާގެ އަވަހާރަކޮށްލުމުން އިސްރާއީލްގެ ފަރާތުން ބަދަލު ހިފާނެ ކަމަށް ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރަމުންދާ އަދި ފަލަސްތީނުގެ ގާޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތުން ވަނީ ބުނެފަ އެވެ.

މި ހަމަލާއާ ގުޅޭ ގޮތުން އިޒްރޭލުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ހަމާސްއާ ހިޔާލު ތަފާތު، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވެސް ވަނީ މި އަމަލު ކުށްވެރި ކުރައްވައިފަ އެވެ. 

ފަލަސްތީނުގެ ބިންތައް ޔަހޫދީންގެ އަތްދަށުން ސަލާމަތްކުރުމަށް ހަނގުރާމަކުރާ ހަމާސްގެ ލީޑަރު ހަނިއްޔާ އަކީ އިޒްރޭލުން ނައްތާލަން ބޭނުންވާ މީހުންގެ ލިސްޓުގެ އެންމެ ކުރީގައި ހިމެނޭ ބޭފުޅެކެވެ. އެހެންވެ އޭނާ އާންމުކޮށް ދިރިއުޅުއްވަނީ ގަތަރާއި ތުރުކީގަ އެވެ. ހަނިއްޔާ އަށް ދިން ހަމަލާ ދުނިޔޭގެ ގިނަ ލީޑަރުން އަންނަނީ ކުށްވެރިކުރައްވަމުންނެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް