
އުރީދޫން އަލަށް ތައާރަފް ކުރި ހިދުމަތްތަކާއި ގުޅޭގޮތުން އެކުންފުނިން ބުނީ، އުރީދޫގެ 19 ވަނަ އަހަރީ ދުވަސް އޮގަސްޓް 1 ވަނަ ދުވަހު ފާހަގަކުރަން ފެށުމާއެކު، ޒަމާނީ ޓެކްނޮލޮޖީއާއި އިނޮވޭޓިވް ސޮލިއުޝަންތައް މެދުވެރިކޮށް ރާއްޖޭގެ ރައްޔިތުން ގުޅާލުމަށް ދެ އަހަރު ވަންދެން ކުރަމުން އަންނަ މަސައްކަތުގެ ކައުންޓްޑައުން ފެށިގެންދާ ކަމަށެވެ. އެގޮތުން ކަސްޓަމަރުން ޑިޖިޓަލް ދިރިއުޅުން ފުރިހަމަކުރުމަށް އާ އަދި އިތުރު ހިދުމަތްތަކެއް އެކުންފުނިން ވަނީ ތައާރަފްކޮށްފަ އެވެ.
އުރީީދޫން ވިދާޅުވީ، އެ ކުންފުނީގެ ލޯޔަލްޓީ ޕްރޮގްރާމް، ނުޖޫމް ފަރުމާކޮށްފައި ވަނީ ހުރިހާ ކަސްޓަމަރުންގެ ބައިވެރިވެވޭ ގޮތަށް ކަމަށެވެ. މިގޮތުން ނުޖޫމްއާއެކު ކަސްޓަމަރުންނަށް އުރީދޫ އެޕް މެދުވެރިކޮށް ކުރާ ކޮންމެ ޓްރާންސެކްޝަނަކާއެކު ޕޮއިންޓް ހޯދައި، އުރީދޫގެ ގިނަ ހިދުމަތްތަކަށާއި ތާޑް ޕާޓީ އޮފާތަކަށް ރިޑީމްކުރެވޭނެ ކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.
މީގެ އިތުރުން އޭއައި ޕޯސްޓް ޕެއިޑް ޕެކޭޖާއެކު ބޮޑެތި އެލަވެންސްތައް ލިބޭ ޑޭޓާ ޕެކޭޖެއް އުރީދޫއިން އަހަރީ ދުވަހާއި ގުޅުވައި ވަނީ ތައާރަފްކޮށްފަ އެވެ. އެކުންފުނިން އަލަށް ތައާރަފް ކުރި ޕެކޭޖުތަކުގެ ތެރޭގައި މުނިފޫހިފިލުވުމަށް ހާއްސަ ޕެކޭޖެއްވެސް ހިމެނެ އެވެ.
އުރީދޫ ނޭޝަންގެ މުބަރާތަކާއެކު އެކުންފުނިން ވަނީ މިފަހަރުގެ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާފަ އެވެ. އުރީދޫން ބުނީ އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ތަފާތު ހިދުމަތްތަކުގެ ޒަރިއްޔާއިން ކަސްޓަމަރުންގެ ދިރިއުޅުން ކުރިއެރުވުމަށް ކަމަށެވެ.