ads
އެންމެ ރަނގަޅު އުމްރާ ގުރޫޕް ފާހަގަކޮށް ސްޓާ ދޭނަން: ޝަހީމް
ރާއްޖެއިން މީހުން އުމްރާއަށް ގެންދާ ޖަމާއަތްތަކުންގެ ތެރެއިން އެންމެ ރަނގަޅު ޖަމާއަތްތައް ކޮންމެ އަހަރަކުވެސް ފާހަގަކުރަން ނިންމާފައިވާކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
Advertisement

ވަޒީރު ޝަހީމްް ވިދާޅުވީ ރާއްޖޭގައި މީހުން އުމްރާއަށް ގެންދާ 50 ހަކަށް ޖަމާއަތް އެބައޮތްކަމަށެވެ. ވަޒީރު ވިދާޅުވީ އުމްރާ ޖަމާއަތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހަތް ވަރަކަށް ޖަމާއަތް ކޮންމެ އަހަރަކު ހޮވާ ސްޓާ ދިނުމަކީ ވުޒާރާގެ ތަސައްވަރެއްކަމަށެވެ. އަދި އޭރުން ޖަމާއަތްތަކުންދޭ ހިދުމަތްތައް ވެސް ރަނގަޅުކުރާނެކަމަށް ވަޒީރު ޝަހީމް ވިދާޅުވިއެވެ. 

" އަޅުގަނޑުމެންގެ އަމާޒެއް އުމްރާއަށް މީހުންގެންދާ ޖަމާއަތްތަކުގެ ތެރެއިން ކޮންމެ އަހަރަކު ފަސް ނުވަތަ ހަތް ޖަމާއަތަށް ސްޓާ ދިނުން." ޝަހީމް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރާއްޖެއިން މީހުން ހައްޖާއި އުމްރާއަށް ގެންދާ ޖަމާއަތްތަކަށް ހާއްސަކޮށް މަހާސިންތާއެއް ބާއްވަން ނިންމާފައިވާކަަށެވެ. އަދި އެ މަހާސިންތާގައި ރާއްޖެއިން މީހުން އުމްރާއަށް ގެންދިޔުމާ ގުޅޭ ގަވައިދުތަކާ ބެހޭ މަޝްވަރާ ކުރަން ނިންމާފައިވާކަމަށްވެސް ވަޒީރު ޝަހީމް ވިދާޅުވިއެވެ. ހައްޖާއި އުމްރާ މަހާސިންތާގެ ނަމުގައި ބާއްވާ މި މަހާސިންތާ އަންނަ އޮކްޓޫބަރު މަހު ބާއްވާނެކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ކުރިން ވަނީ ބުނެފައެވެ. 

އެންމެ ރަނގަޅު އުމްރާ ގްރޫޕް ކޮންމެ އަހަރު ފާހަގަ ކުރާނެކަމަށްް ވަޒީރު ޝަހީމް ވިދާޅުވިއިރު އެމަނިކުފަނު ބައިވެރިވުން އޮންނަ އުމްރާ ގްރޫޕެއް އަންނަނީ ހިންގަމުންނެވެ. މި ގްރޫޕްގެ ވެރިންގެ ތެރޭގައި އެމަނިކުފާނުގެ ނައިބަކަށްް ހުންނެވި އަލީ އަހްސަނާއި އޭނާގެ ކޮއްކޮ ހިމެނެއެވެ. އަދި ވަޒީރު ޝަހީމްް އަކީ އެ ގްރޫޕްގެ ޗީފް އެޑްވައިޒަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް