ads
މެލޭޝިއާގެ ގައުމީ އެއާލައިނުން ރާއްޖެއަށް ޖެއްސި ފުރަތަމަ ފްލައިޓާއި އެކު އެ އެއާލައިނާއި އެމްއޭސީއެލްގެ ބައެއް އިސްވެރިން. -- ފޮޓޯ:އެމްއޭސީއެލް
މެލޭޝިއާ އެއަލައިންސްގެ ދަތުރުތައް އަލުން ފަށައިފި
މެލޭޝިއާގެ ޤައުމީ އެއަރލައިން، މެލޭޝިއާ އެއަރލައިންސް އިން ރާއްޖެއަށް ކުރާ ދަތުރުތައް މިއަދު އަލުން ފަށައިފި އެވެ.
Advertisement

މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރް އިންޓަނޭޝަނަލް އެއަޕޯޓުން 168 ފަސިންޖަރުންނާއިއެކު ފުރި މެލޭޝިއާ އެއަރލައިންސްގެ ބޯޓު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖައްސާފައިވަނީ މިއަދު ހެނދުނު އެވެ.

މި ފްލައިޓުން ރާއްޖެއަށް ދަތުރު ކުރި 168 ފަސިންޖަރުންނަށް ސަގާފީ ކުޅިވަރާ އެކު ހޫނު މަރުހަބާއެއް ވަނީ ކިޔައިފަ އެވެ.

މެލޭޝިއާ އެއަރލައިންސްއަށް މަރުހަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތުގައި ޓްރާންސް ޕޯޓް މިނިސްޓަރު އަމީން އާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ)ގެ އިތުރުން މެލޭޝިއާ އެއަރލައިންސްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ، މެލޭޝިއާ އާއި ރާއްޖެއާއި ދެމެދު ކުރެވޭ ވައިގެ ދަތުރުތައް، މެލޭޝިއާ އެއަރލައިންސް އާއި އެކު އިތުރުވެގެން ދިޔުމަކީ އިގްތިސާދީގޮތުން ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމެއް ކަމަށެވެ. އަދި އެމްއޭސީއެލުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ އެއަރލައިންތަކާއި ފަސިންޖަރުންނަށް ފަސޭހަ މާޙައުލެއް ޤާއިމްކޮށްދީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ކަމަށް ވަނީ ވިދާޅުވެފައެވެ.

މި އެއާލައިނުން ހަފުތާގެ ހުރިހާ ދުވަހެއްގައި ވެސް ރާއްޖެ އާއި މެލޭޝިއާއާ ދެމެދު ދަތުރުތައް ކުރާނެ އެވެ. މި ދަތުރުތައް ކުރާނީ ބޮއިން 737- 800 މަކުރާގެ 174 ސީޓުގެ ފްލައިޓުންނެވެ.

މެލޭޝިއާ އެއާލައިންސުން ރާއްޖެ އަށް އެންމެ ފަހުން ދަތުރު ކޮށްފައިވަނީ 2017 ވަނަ އަހަރު އެވެ. މެލޭޝިއާއަކީ ދިވެހިން އެންމެ ގިނައިން ދަތުރުކުރާ އެއް ގައުމެވެ.

your imageމެލޭޝިއާ އެއާލައިންސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފެށުން -- 

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ޓްރާސްޕޯޓް މިނިސްޓަރު އަމީން އަމީން ވިދާޅުވީ، މެލޭޝިއާ އެއަރލައިންސްއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް އެއަރލައިން ކަމަށާއި މެލޭޝިއާ އެއަރލައިންސްއިން ދަތުރުތައް ފެށުމުން، ރާއްޖޭގެ ފަތުރުވެރިކަމަށާއި އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި އޮސްޓްރޭލިއާއާއި ނިއުޒީލެންޑް ހިމެނޭ އޯޝޭނިއާ ރީޖަން އިން ފަތުރުވެރިންނަށް ރާއްޖެއަށް ޒިޔާރަތްކުރުމުގެ ފުރުސަތު ފަހިވެގެންދާނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު އަމީން ވިދާޅުވީ، ސަރުކާރުން ގެންނަމުންދާ ބަދަލުތަކުގެ ތެރެއިން ގެންނަންޖެހޭ މުހިންމު އެއް ބަދަލަކީ، ރާއްޖެއަށް ބޮޑެތި އެއަރލައިންތައް އަންނަމުންދާއިރު، އެ ފަރާތްތަކުގެ ގްރައުންޑް ސަރވިސް އޭޖެންޓް (ޖީ.އެސް.އޭ) ނުވަތަ ހޭންޑްލިންގ އޭޖެންޓަކީ ދިވެހި ކުންފުނިތަކަށް ހެދުން ކަމަށެވެ. އެގޮތުން ދިވެހިންނަށް ޖީ.އެސް.އޭ ގެ ނަފާ ލިބޭނެ ގޮތަށް ގެންނަންޖެހޭ ބަދަލުތައް ކުރު މުއްދަތެއްގެ ތެރޭގައި ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް