![](https://cnm.mv/media/images/kakakakakaa-lll-23.jpeg)
ތިމާވެއްޓާއި ބެހޭ ވުޒާރާއިން ބުނީ މި ދެ ތިލައަކީ މިއަދުން ފެށިގެން ޙިމާޔަތްކޮށްފައިވާ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާކަމަށެވެ. އަދި މި ސަރަހައްދު ބެލެހެއްޓުމުގައި އަމަލު ކުރާނީ ޤުދުރަތީ ނުވަތަ ތަބީއީ ގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިންކަމަށެވެ.
ކ. އޮއްކޮބޭ ތިލައަކ މާލެ އަތޮޅުގެ އިރުމަތ ފަރާތުގައި އޮންނަ ސަރަހައްދެކވެ. މި ސަރަހައްދަކީ ގިނަ އަދަދެއްގެ ކުދި ހޮހަޅައާއި "އޯވަރހޭންގްސް" ހެދިފައިވާ ދިރޭ މުރަކައިގެ އިންސައްތަ ބޮޑު ސަރަހައްދެއްކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ބުނެއެވެ. މިގޮތުން އެކި ބާވަތް ތަކުގެ ފަރުމަހާއ،ި މުރަކ،ަ ގައު އަދި އެކި ކުލަކުލައިގެ "ސޮފްޓް ކޮރަލް" މި ސަރަހައްދުގައި ގިނަ އަދަދަކަށް ފެނިފައިވާކަމަށާއި މި ސަރަހައްދުގައި ކޮށްފައިވާ ދިރާސާތަކުން މި ސަރަހައްދުން 73 ބާވަތުގެ މަސް ދިރިއުޅޭކަމަށްވެސް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެއެވެ. ނެތިދިޔުމުގެ ބިރުހ ވެފައިވާ ދިރުންތައް ކަމަށްވާ ވައްބޯ މިޔަރު، އޮޅުފަތި މިޔަރު، މާހުޅުނބު ލަނޑާ އަދި ކަހަނބު މި ސަރަހައްދުން ފެންނަކަމަށް ރެކޯޑު ކުރެވިފައިވާކަމަށާއި އޮއްކޮބޭ ތިލައަކީ ފީނާ މީހުންގެ މެދުގައި މަޤުބޫލު ތިލައެއްކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
ކ. ބޮޑުހިތި ތިލަ ސަރަހައްދަކީ މާލެ އަތޮޅުގެ ހުޅަނގު ފަރާތުގައިވާ ސަރަހައްދެކެވެ. ކ. ބޮޑުހިތި ތިލަ އަކީ ކ. ރަސްފަރި އާއި ކ. އުލާނީ ފަޅާއި ދޭތެރޭގައިވާ ކަނޑުއޮޅި މެދުގައިވާ ތިލައެކެވެ. މިގޮތުން ގިނަ އަދަދެއްގެ މުރަކައާއި ފަރުމަސް އަދި ކަނޑުމަސް ދިރިއުޅެމުންދާ ތަނެކެވެ. ހަމަ އެހެންމެ ޤާނޫނީ ގޮތުން ހިމާޔަތްކޮށްފައިވާ އަދި ދުނިޔެއިން ނެތިދިއުމުގެ ބިރު ހީވެފައިވާ މާހުޅުނބު ލަނޑާ އެންމަޑި، ކަހަނބު ، ވައްބޯ މިޔަރު، ކައްޓަފުޅި މިޔަރު އަދި ފީ މިޔަރު، މި ސަރަހައްދުން ފެންކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މި ސަރަހައްދަކީ އިރުވައި މޫސުމުގައި ގިނަ އަދަދެއްގެ އެންމަޑި ސާފުވުމަށް އެއްވެއުޅޭ ސަރަހައްދެއް ކަމަށް ރެކޯޑް ކުރެވިފައިވާކަމަށާއި ކ. ބޮޑުހިތި ތިލަ އަކީ މިހާރުވެސް އާންމު ގޮތެއްގައި ދިވެހިންނާއި ފަތުރުވެރިން ފީނުމަށް ބޭނުންކުރާ ތިލައެއްކަމަށްްވެސް މިނިސްޓްރީން ބުނެއެވެ.