މިއަދު އެ ކޯޕޮރޭޝަން އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މުއާޒު ވިދާޅުވީ މިއަހަރު ފެނަކަ ކޯޕޮރޭޝަންއަށް ދިމާވެފައިވާ ޗެލެންޖުތަކާ ވަަރަށް ރަނގަޅު ކަންތައްތަކެއް ކުންފުންޏަށް ކުރެވެމުންދާކަމަށެވެ.
އެގޮތުން ގޮންޖެހުންތަކާއި އެކީގައިވެސް ކަރަންޓު ފޯރުކޮށްދިނުމުގައި ޖެނެރޭޓަރުތައް ފޯރުކޮށް، ނެޓް ވޯކް އަޕްގްރޭޑް ކުރުމަށްޓަކައި ކޭބަލް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް މުއާޒް ވިދާޅުވިއެވެ. އަދި ހައުސް ކަނެކްޝަންއަށް ބޭނުންވާ މެޓީރިއަލްތައް ހޯދުމުގެ މަސައްކަތްތައް ވެސް ކުރަމުންދާކަަމަށް ފާހަގަކޮށް މުއާޒް ވިދާޅުވީ އެކަންތައްތަކަށްވެސް ފުރިހަމަ އިސްކަން ދިގެން ރަނަގަޅު ހައްލެއް އަވަސް މުސްތަގުބަލެއްގައި ފެނިގެން ދާނެކަމަށެވެ.
މި ރަނގަޅު ބަދަލަކީ ފެނަކައިން ހަރަދުކުޑަކުރަން މަސައްކަތް ކުރަން ކުރާ މަސައްކަތްތަކާ އެކީގައި ނެރެވިފައި ހުރި ނަތީޖާ ކަމަށް މުއާޒު ފާަހަގަކުރިއެވެ. އޭގެ އިތުރުން ޖެނެރޭޝަން ކެޕޭސިޓީ އިތުރުކުރުމާ އަދި ޖުމްލަ ހިދުމަތް ރަނގަޅު ކުރުމަށްޓަކައި ކުރެވޭ މަސައްކަތްތައް ކުރަމުން ދާއިރު ފެނަކައަށް ވާރުތަވެފައިވާ ދަރަނިވެސް ދައްކަމުން އެހުރިހާ މަސައްކަތެއް ކުރަމުންދާކަމަށް މުއާޒު ވިދާޅުވިއެވެ. 2 ކުއާޓަރުގައިވެސް ލިބުނު ފައިދާއަކި ދަރިނިވެސް ކޮންމެސް މިންވަރަކަށް ދައްކަމުން ނެރެފައި ހުރި ނަތީޖާތައް ކަަމަށް މުއާޒު ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުންޏަށް ވަނީ 24 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފަ އެވެ. އަދި ކުންފުނި ހިންގަން ޖެހުނީ ސަރުކާރުގެ ވަރަށް ބޮޑު މާލީ އެހީއާ އެކުގަ އެވެ.
މިއަދުގެ ޕްރެސްގައި ފެނަކާގެ ޑީއެމްޑީ ހުސެއިން ޒުހުރީ ވިދާޅުވީ ފައިދާ ކޮންޓްރިބިއުޓް ކުރަނީ ހަރަދު ކުޑަކޮށްގެން ކަމަށާއި، ކުޑަކުރުމުން އެންމެ ބޮޑު ހަރަދު ކުރާ ލޮޖިސްޓިކްސްއަށް، ދަތުރު ފަތުރުގެ ހަރަދު ކުޑަ ކުރުމަށްޓަކައި ދޯންނެއް ކުއްޔަށް ހިފައިގެން މަސައްކަތްތަކެއްވެސް ކުރަމުން ދާކަަމަށް ޑީއެމްޑީ ވިދާޅުވިއެވެ. އެގޮތުން މިދިޔަ ކުއާޓަރުގައި އެހަރަދު ބޮޑަށް ކުޑަ ކުރެވިފައި ހުރީ ހަރުދަނާ ކުރި ޕްރޮކިއުމެންޓް ޕޮލިސިއާ ނުވަތަ ޕްރޮކިއުމެންޓް ޕްރޮސެސްގެ ތެރެއިން ކަމަށް ޑީއެމްޑީ ވިދާޅުވިއެވެ. ދޯނި ނެގުމާއެކު މިއަންނަ ކުއާޓަރުގައިވެސް ރަނަގޅު ނަތިޖާ ފެނިގެންދާނެކަމަށް ޑީއެމްޑީ ވިދާޅުވި އެވެ.