އުމުރުން 18 އަހަރުގެ ޑިފެންޑަރު، ލެނީ ޔޯރޯއަށް އަނިޔާވީ ޕްރީ ސީޒަންގެ ތެރެއިންނެވެ. ޕްރީ ސީޒަން ކުރިއަށްދަނީ އެމެރިކާގައެވެ.
ޔޯރީގެ ޔުނައިޓެޑުގެ ޑީލަކީ 62 މިލިއަން ޑޮލަރުގެ ޑީލެކެވެ. މިއީ، އާ ސީޒަނަށް ޔުނައިޓެޑުން ގެނައި ދެވަނަ ކުޅުންތެރިޔާއެވެ. ޔުނައިޓެޑުން ފުރަތަމަ ގެނައީ، ބޮލޯނިއާގެ ފޯވާޑް، ޔޯސުއާ ޒާކްޒީއެވެ.
ޔޯރޯ، ޔުނައިޓެޑާ އެކު، ހެދީ ފަސް އަހަރުގެ އެއްބަސްވުމެކެވެ. އާއްމު އުސޫލުން މި އެއްބަސްވުން އިތުރު އަހަރަކަށް އެކްސްޓެންޑް ކުރެވޭ ގޮތަށް ކޮންޓްރެކްޓްގައިވަނީ ހިމަނާފައެވެ.
މެންޗެސްޓަ ޔުނައިޓެޑުން ސީޒަން ފަށާނީ އޮގަސްޓް މަހުގެ 10 ވަނަ ދުވަހު، ކޮމިއުނިޓީ ޝީލްޑް މެޗުންނެވެ. ކޮމިއުނިޓީ ޝީލްޑް މެޗުގައި ޔުނައިޓެޑު ނުކުންނާނީ ވާދަވެރި މެންޗެސްޓަރ ސިޓީއާ ދެކޮޅަށެވެ.