
ޒުވާން ހަތީބުން ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރު ކުރުމުގެ ހުއްދަ ދިނުމަށްޓަކައި އިންތިޒާމުކުރެވިފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ދެވަނަ ބުރަށް ހުޅުވާލުމުން 206 ކުއްޖަކު ފޯމު ހުށައަޅާފައިވާކަމަށްް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. އޭގެތެތެރެއިން އިންޓަވިއު ނިމުމުނު ކުދިންގެ ތެރެއިން ފާސްވީ 100 ދަރިވަރުންނާއި އަތޮޅުތަކުން ބައިވެރިވި އިތުރު 100 ޒުވާނުންނާއި އެކު ރޭ ވަނީ ތަމްރީނުތައް ފަށާފައެވެ.
ޒުވާން ހަތީބުންގެ ދެވަނަ ބެޗްގެ ތަމްރީނުތައް އައްޑޫސިޓީގައި ކުރިޔަށް ގެންދަނީ
ތަމްރީނުތައް ކުރިޔަށް ގެންދަނީ މާލެއާއި އައްޑޫ ސިޓީގައެވެ. އަދި އެހެން ހިސާބުތަކުން ބައިވެރިވި ކުދިން ތަމްރީނުތަކުގައި ބައިވެރިވަނީ އޮންލައިންކޮށްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މި ޕްރޮގްރާމްގެ ދެވަނަ ބުރުގެ އިމްތިހާނު ތިން ސަރަހައްދެއްގައި ބާއްވާން އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ. އިމްތިހާނުތައް މާލޭގެ އިތުރުން އޮންނާނީ އައްޑޫ ސިޓީއާއި މ. އަތޮޅުގައިކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ޒުވާން ހަތީބުންގެ ދެވަނަ ބެޗްގެ ތަމްރީނުތައް މާލޭސިޓީގައި ކުރިޔަށް ގެންދަނީ
ޒުވާން ހަތީބުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގެ ފުރަތަމަ ބުރުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި 160 ކުދިންނާއި ވަނީ އިންޓަރވިއުކޮށްފައެވެ. އޭގެތެރެއިން 100އަށް ވުރެ ގިނަ ކުދިން ވަނީ ތަމްރީނުތައް ފުރިހަމަކޮށް ސަނަދު ހާސިލްކޮށްފަ އެވެ.
ޒުވާން ހަތީބުންގެ ދެވަނަ ބެޗްގެ ތަމްރީނުތައް އައްޑޫސިޓީގައި ކުރިޔަށް ގެންދަނީ
މި ޕްރޮގްރާމްގެ ތެރެއިން ހަތީބުންނަށް ޚުތުބާ ކިޔުމަށާއި އިމާމުވެ ނަމާދު ކުރުމަށާއި ދީނާ ގުޅުން ހުރި އެހެނިހެން ހާއްސަ ތަމްރީނުތަކެއް ދޭނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އަދި މި ޕްރޮގްރާމްގެ ސަބަބުން ހަތީބުން މަދު ރަށްރަށުގެ ކައުންސިލްތަކަށް ވެސް ބޮޑު ލުއިފަސޭހައެއް ލިބިފައިވާކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.