އޮލިމްޕިކްސްގެ ޖާގަ ކަށަވަރުވި ފަހުން މަހެއް ތެރޭ ދެ ފަހަރަށް ގައުމީ ރެކޯޑް އާކޮށްފައިވާ އުލްޔާ މާދަމާ މެންދުރު ފަހު ފަތާނީ، އަންހެނުންގެ 50 މީޓަރު ފްރީ ސްޓައިލްގައެވެ.
މި އިވެންޓް އޮންނާނީ ހޮނިހިރު ދުވަހު ދޭއް ޖަހާއިރުއެވެ. ޖުމްލަ އަށް ފެތުންތެރިން ވާދަކުރާ ހަތަރުވަނަ ހީޓުގައި އުލްޔާ ފަތާނީ އެއްވަނަ ލޭނުގަ އެވެ.
އޮލިމްޕިކްސްގައި ވާދަކުރުމުގެ ޖާގަ އުލްޔާ އަށް ލިބުނީ ވޯލްޑް އެކުއަޓިކްސްއިން ގަބޫލުކުރާ މުބާރާތްތަކުން އެންމެ މަތިން ޕޮއިންޓް ހޯދި ދިވެހި އަންހެން އެތުލީޓަށް ވުމުންނެވެ.
ފެބްރުއަރީ މަހު ފިލިޕީންސްގައި ބޭއްވި އޭޝިއަން އޭޖް ގުރޫޕް މުބާރާތުގައި 50 މީޓަރު ފްރީސްޓައިލް ލޯންގްކޯސް އިވެންޓްގައި ފަތައިގެން 29.29 ސިކުންތުން އޭނާ ރޭސް ނިންމުމި އެވެ.