މައްކާގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބައިނަލްއަގުވާމީ ކޮންފަރެންސް ކުރިއަށްދާނީ މިމަހުގެ ހަތަރު ވަނަ ދުވަހުން ފަސް ވަނަ ދުވަހުގެ ނިޔަލަށެވެ.
އިސްލާމީ އުންމަތުގެ މުހިއްމު މައުލޫއުތަކަށް އިލްމީ ކަރުދާސްތައް ހުށައެޅިގެންދާ މި ކޮންފަރެންސްގައި މިނިސްޓަރު ޝަހީމް ބައެއް ސެޝަންތައް ޗެއާކޮށްދެއްވުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
މިނިސްޓަރު ޝަހީމްއާއެކު އިސްލާމިކް މިނިސްޓްރީގެ ވަފުދުގައި އިސްލާމީ މަރުކަޒުގެ އިސް އިމާމު މުހައްމަދު ލަތީފުގެ އިތުރުން ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު އައްޝައިހް އިމްތިޠާއު އައްބާސް ބައިވެރިވެވަޑައިގަންނަވަ އެވެ.
މި ކޮންފަރެންސްގައި 60 އަށް ވުރެ ގިނަ އިސްލާމީ ގައުމުން ވަޒީރުންނާއި، މުފްތީންނާއި އިސްލާމީ މަޖިލިސްތަކާއި މުއައްސަސާތަކާއި ޖަމިއްޔާތައް ތަމްސީލު ކުރާނެ އެވެ. ރާއްޖޭން މިނިސްޓަރާއެކު އިސް އިމާމު ޝައިހް މުހައްމަދު ލަތީފާއި އެހެން ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަންނަވަ އެވެ.