ބޮލީވުޑުގެ މަޝްހޫރު ބަތަލާ ޝްރައްދާ ކަޕޫރު ކުޑައިރު ވެސް ނެށުމަށް ވަރަށް ފޯރި ހުންނަ ކަމަށް އެކްޓަރު ވަރުން ދަވަން ބުނެފި އެވެ.

Advertisement
ބޮލީވުޑުގެ މަޝްހޫރު ބަތަލާ ޝްރައްދާ ކަޕޫރު ކުޑައިރު ވެސް ނެށުމަށް ވަރަށް ފޯރި ހުންނަ ކަމަށް އެކްޓަރު ވަރުން ދަވަން ބުނެފި އެވެ.
ވަރުން އެހެން ބުނެފައި ވަނި އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައެވެ. ޝްރައްދާ އާއެކު "ސްޓްރީޓް ޑާންސާ 3ޑީ" ގައި މަސައްކަތް ކުރުމާ ގުޅިގެން ނޫހުން ކުރި ސުވާލަށް ޖަވާބު ދެމުން ވަރުން ބުނީ އޭނާ އާއި ޝަރައްކާ އަކީ ކުޑަ އިރު ވަރަށް ގާތް ރަހުމަތްތެރިން ކަމަށެވެ.
އެގޮތުން ޝްރައްދާ އާއި އޭނާ ކުޑައިރުންސުރެ އެކުގައި ނަށަމުން އަންނަ ކަމަށާއި ކުޑައިރުންސުރެ ދެމީހުންގެ ދޭތެރޭގައި ވާދަވެރިކަމެއް އޮންނަ ކަމަށް ވެސް ވަރުން ވަނީ ބުނެފަ އެވެ.
ވަރުން ބުނީ ޝްރައްދާ އާއި އޭނާ ވެސް ނެށުމަށް ވަރަށް ލޯބި ކުރާ ކަމަށެވެ. އެގޮތުން ފިލްމުގައި އެމީހުންގެ ރޯލުތަކަކީ ވަރަށް ޝައުގުވެރި ރޯލުތަކެއް ކަމަށާއި ކޯ ސްޓާރެއްގެ ގޮތުގައި ޝްރައްދާ ވަރަށް ކަމުދާ ކަމަށް ވަރުން ވަނީ ބުނެފަ އެވެ.
ވަރުން އާއި ޝްރައްދާ ވަނީ މީގެ ކުރިން ވެސް އެކުގައި މަސައްކަތްކޮށްފަ އެވެ. އެގޮތުން އޭބީސީޑީ ދޭއްގައި ދެމީހުން ވަނީ އެކުގައި ފެނިގެން ގޮސް ފައެވެ. އޭބީސީޑީގެ ތިންވަނަ ބައި ކަމަށްވާ "ސްޓްރީޓް ޑާންސާ 3ޑީ" ނެރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު އެވެ.