ads
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް
ބަންކަރިންގެ ހިދުމަތަށް ފަށަނީ އޯފްޝޯ ބަންކަރިންގެ ގޮތުގައި: ޝިމާދު
ބަންކަރިންގެ ހިދުމަތަށް ފަށަނީ އޯފްޝޯ ބަންކަރިންގެ ގޮތުގައިކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
Advertisement

އިހަވަންދިއްޕޮޅުގައި ބައިނަލް އަގްވާމީ ބަންކަރިން މަޝްރޫއު މިމަހުގެ 20 ވަނަ ދުވަހު ފަށާނެކަމަށް އިގްތިސާދާއި ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެފައެވެ. 

އިހަވަންދިއްޕޮޅުގައި ބައިނަލް އަގްވާމީ ބަންކަރިން މަޝްރޫއެއް ހިންގަން އެސްޓީއޯއިން ހަކަތައިގެ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު އަމިއްލަ ކުންފުނި، ވިޓޯލްއާ އެކު ޓާމް ޝީޓެއްގައި ސޮއިކުރީ މިއަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.  

މި މަޝްރޫއާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ އިންޓަނޭޝަނަލް ފިއުލް ބަންކަރިންގެ ހިދުމަތަށް ފަށާނީ އޯފްޝޯ ބަންކަރިން ހިދުމަތުގެ ގޮތުގައިކަށެވެ. އެގޮތަށް ފަށަނީ އެއްގަމުގައި ކުރާނަމަ އަނެއްކާވެސް އެކަމަށް އިތުރު ދުވަސްތަކެއް ނަގާނެތީކަމަށް އޭނާ ވިދާޅުވިއެވެ. 

" އަޅުގަނޑުމެން ފަށައިގަންނަން މި ގަސްތުކުރަނީ ދެ ބޯޓެެއް އެއީ ދެ ފްލޯޓާއެއް ރާއްޖެ ގެނެސްފައި އޮފް ޝޯ ބަންކަރިންގެ ހިދުމަތުގެ ގޮތުގައި، އެއީ ލޭންޑްގައި މަސައްކަތް ފެށުމުގައި ބަދަލުގައި ފްލޯޓާސްތައް ބަހައްޓައިގެން މަސައްކަތް ފެށުމަށްްޓަކައި." ޝިމާދު ވިދާޅުވިއެވެ.

އެމްޑީ ޝިމާދު ވިދާޅުވީ މި ހިދުމަތް ފަށާނީ ދެ ވައްތަރެއްގެ ކާގޯއިން ކަމަށެވެ. އެެއީ އެމްޖީއޯ މެރިން ގޭސް އޮއިލް އާއި ވީއެލްއެސްއެފްއޯ ފިއުލް އޮއިލް ވިއްކާ ގޮތަކަށްކަމަށް ޝިމާދު ވިދާޅުވިއެވެ. އަދި ހިދުމަތް މާކެޓްކުރުގައި ވިޓޯލް މުހިއްމު ދައުރެއް އަދާކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. 

" މިވަގުތު އަޅުގަނޑުމެން މި ގެންނަ ވެސަލްތަކުގެ ކެޕޭސިޓީއަކީ ކޮންމެ ވެސަލެއް ގާތްގަޑަކަށް 4000 ޓަނު. ދެން ވިޓޯލް މީގައި ވަރަށް ބޮޑު ރޯލެއް ކުޅެދޭނެ އަޅުގަނޑުމެންނަށް މާކެޓް ކުރުމާއި ބޭނުންވާ ރައިޓް ޕްރޮޑަކްޓް ފޯރުކޮށްދިނުމުގައި." ޝިމާދު ވިދާޅުވިއެވެ.

އޯފްޝޯކޮށް އަބަދު މި ހިދުމަތް ދިނުމަކީ އެންމެ ފީޒަބަލް ކަމަކަށް ނުވާނެތީ ބިން ހިއްކައިގެން ތާނގީ ބަހައްޓައިގެން އެ ތާނގީތަކުން ބަންކަރިންގެ ހިދުމަށް ވަރަށް ކައިރި މުސްތަގުބަލެއްގައި ދިނުމަކީ އެ ކުންފުނީގެ އަމާޒުކަމަށް ޝިމާދު ވިދާޅުވިއެވެ.  

ރާއްޖޭގެ އުތުރުގެ ސަރަހައްދުން 300 އާއި 450 އާ ދެމެދުގެ އަދަދަކަށް ކޮމާޝަލް ބޯޓު ފަހަރު ދަތުރުކުރަމުންދާކަމަށާއި އޭގެތެރެއިން އެއް ޕަސެންޓަށްް ބަންކަރިން ހިދުމަތް ދިން ނަމަވެސް ފުރަތަމަ އަހަރުވެސް ރާއްޖެއަށް 400 މިލިއަން ޑޮލަރު ވަންނާނެކަމަށް އިކޮނޮމިކް މިނިސްޓަރު ސައީދު ވަނީ ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް